ދިވެހިރާއްޖެ
ހދ. ނައިވާދޫ ކައުންސިލްގެ އިދާރާގެ ލޯގޯ ފަރުމާކުރުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން
ހދ. ނައިވާދޫ ކައުންސިލްގެ އިދާރާގެ ސިއްކަ (ލޯގޯ) ފަރުމާކޮށް ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝައުޤުވެރިވެލައްވާ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ.
- 1. ލޯގޯ ފަރުމާ ކުރުމުގެ މަޤްޞަދު
1.1. ހދ. ނައިވާދޫ ކައުންސިލްގެ އިދާރާއިން ބާއްވާ މުބާރާތްތަކާއި، ބައިވެރިވާ ޙަރަކާތްތަކާއި އެކިއެކި ރަސްމިއްޔާތުތަކުގައި ކައުންސިލްގެ ނަމުގައި ލޯގޯ ބޭނުންކުރުން
1.2. ހދ. ނައިވާދޫ ލޯގޯ އަކީ ވިޔަފާރިތަކުގައި ޚާއްޞަކޮށް ކުޅިވަރުގައާއި ލޯކަލް ޓުއަރިޒަމްގެ ދާއިރާގައި އިޝްތިހާރު ކުރުމަށް ބޭނުންކުރެވޭ ލޯގޯއެއް ގޮތުގައި ވެގެންދިއުން
- 2. ލޯގޯ ފަރުމާ ކުރުމުގައި ބަލަންޖެހޭ މިންގަނޑުތައް
2.1. ހުށަހަޅާ ލޯގޯއަކީ މީގެ ކުރިން ޕަބްލިޝްކޮށްފައި ނުވަތަ އެއްވެސް މުބާރާތެއްގައި ބައިވެރިކޮށް އަދި އެއްވެސް ފަރާތަކުން ބޭނުންކޮށްފައިވާ ލޯގޯއަކަށް ނުވުން.
2.2. ނައިވާދޫ ރަމްޒުކޮށްދޭފަދަ އުފެއްދުންތެރި، އަމިއްލަވަންތަ ލޯގޯއަކަށްވުން. (ނައިވާދޫއަށް ޚާއްޞަ ސިފަތަކާއި، ކަންކަން ހިމެނޭގޮތަށް ފަރުމާކޮށްފައިވާ ލޯގޯއަކަށްވުން. (ސާފްތާހިރުކަމާއި ދޮންވެލި ރީތި ބީޗް އަދި މޫދު ހިމެނުން))
2.3. ލޯގޯއިން ރަމްޒުކޮށްދެނީ ކޮންކަމެއްކަމާއި، ލޯގޯ ގައި ހިމެނޭ ކުލަތަކުން ރަމްޒުކޮށްދޭ މާނަ ހުށަހަޅާފައިވުން.
2.4. ލޯގޯ ފަރުމާކުރުމުގައި މައިގަނޑުގޮތެއްގައި ބޭނުންކުރަންވާނީ [ގްރޭ]. RGB:204) RGB:153, (RGB:179,(ކުލަ ކޯޑް: #999999, #B3B3B3, #CCCCCC ( މިކުލައިގެ އިތުރުން ކަޅާއި ހުދު ޑިޒައިނާ ގުޅޭނަމަ ބޭނުން ކުރެވިދާނެއެވެ.
2.5. ލޯގޯއަކީ އެއްވެސް ސިޔާސީ ޕާޓީއެއް ރަމްޒުކޮށްދޭ ލޯގޯއަކަށް ވެގެންނުވާނެއެވެ.
2.6. ލޯގޯ ފަރުމާ ކުރެވިފައި ހުންނަންވާނީ، ލެޓަރހެޑް، ބިޒްނަސް ކާޑު، ޔުނީފޯމް، ޓީޝާރޓް އަދި ދިދަ ފަދަ ތަކެތީގައިވެސް ބޭނުންކުރެވޭނެ ގޮތަށެވެ.
2.7. ލޯގޯއަކީ ލަކުޑި ނުވަތަ ފައިބަރ ފަދަ މަޢުދަނުގައި ފަސޭހައިން ކަނޑާނެގޭ އަދި ރޮދިން ފަސޭހައިން އެމްބްރޮއިޑްކުރެވޭ ގޮތަށް ފަރުމާކުރެވިފައިވާ ލޯގޯ އަކަށް ވާންޖެހޭނެއެވެ.
2.8. ހުށަހަޅާ ލޯގޯ 20mm x 20mm އަށް ކުޑަކުރުމުން ލޯގޯގެ އަސްލު ގެއްލިގެން ނުވާނެއެވެ.
2.9. ލޯގޯ ފަރުމާ ކުރާއިރު ކައުންސިލުގެ ނަން ލޯގޯގައި ބޭނުންކުރަންވާނެއެވެ. ދިވެހިބަހުން [ނައިވާދޫ ކައުންސިލްގެ އިދާރާ] އަދި އިނގިރޭސިބަހުން Secretariat of Naivaadhoo Council ] ]
2.10. ލޯގޯ ފަރުމާކުރުމުގައި ބޭނުންކޮށްފައިވާ ފޮންޓާއި ފޮންޓްސައިޒް ހުށަހަޅަންވާނެއެވެ.
2.11. ލޯގޯގެ ރިޒޮލިއުޝަން މިންގަޑަކީ 600dpi ނުވަތަ އެއަށްވުރެ މައްޗެވެ.
- 3. ލޯގޯ ފަރުމާކޮށް ހުށަހަޅަންޖެހޭ ފޯމެޓާއި ތަކެތި:
3.1. ލޯގޯގެ PSD ، PNG ، JPEG، އަދި CorelDraw & Illustrator ފައިލް ހުށަހަޅަންވާނެއެވެ. އަދި ވެބްވާޝަން، ޕްރިންޓް ކޮލިޓީ ވާޝަން އަދި SVG ފޯމެޓަށް ހުށަހަޅަންވާނެއެވެ.
3.2. ލޯގޯގެ ގްރޭ ސްކޭލް އަދި ކުލަކޮށް އޮންނަ PDF ފައިލެއް ހުށަހަޅަންވާނެއެވެ. އަދި ލޯގޯގެ ފައިލް ފޯމެޓް 10MB އަށްވުރެ އިތުރުވެގެން ނުވާނެއެވެ.
3.3. ލޯގޯ ހައި – ރިޒޮލިއުޝަންގެ ސޮފްޓް ހުށަހަޅަންވާނެއެވެ.
3.4. ލޯގޯގެ ފުރިހަމަ ކޮޕީ ރައިޓްސް ލިބިފައިވާ ފަރާތެއް ކަމަށާއި އަދި ލޯގޯ އެއްވަނައަށް ގޮސްފިނަމަ އެ ލޯގޯގެ ފުރިހަމަ ކޮޕީ ރައިޓްސް ހދ. ނައިވާދޫ ކައުންސިލަށް ހަވާލުކުރުމާމެދު އެއްވެސް އިޢުތިރާޟެއް ނެތްކަން ބަޔާންކޮށް ސޮއިކޮށްފައިވާ ސިޓީ.
3.5. ލޯގޯ ހުށަހަޅާ ފަރާތުގެ ނަން، އެޑްރެސް، އައިޑީ ކާޑުގެ ކޮޕީ ގުޅޭނެ ފޯނު ނަންބަރު ސިޓީގައި ބަޔާންކޮށްފައިވުން
- 4. ލޯގޯއަށް ވަނަ ދިނުމުގައި ބަލާނެ މިންގަނޑު ތަކާއި އުސޫލުތައް
4.1. ލޯގޯ ފަރުމާކޮށްފައިވަނީ މަތީގައި ބަޔާންކޮށްފައިވާ މިންގަނޑުތަކާއި އެއްގޮތަށްތޯ ބަލާ ފާސްކުރުން.
4.2. ލޯގޯ ފަރުމާތަކަށް އިންސާފުކުރައްވާނީ ހުށަހެޅި ފަރާތް ސިއްރުކޮށް މިކަމަށް އެކުލަވާލެވިފައިވާ ކޮމެޓީއަކުން.
4.3. ލޯގޯގެ ޓެކްނިކަލް ފެންވަރާއި ކޮލިޓީ މިންވަރު.
4.4. ހދ. ނައިވާދޫ ރަމްޒުކޮށްދޭ މިންވަރު.
- 5. އެއްވަނަ އަށް ހޮވާ ލޯގޯގެ އިނާމް
5.1. އެއްވަނައަށް ހޮވޭ ލޯގޯއަކަށް 2500.00 (ދެހާސް ފައްސަތޭކަ) ރުފިޔާގެ ފައިސާގެ އިނާމެއް ދެވޭނެއެވެ.
- 6. ލޯގޯ ހުށަހެޅުމުގެ ސުންގަނޑި އަދި ހުށަހަޅަންވީ ގޮތް
6.1. ބްރޭންޑް ގައިޑަލައިންގެ ސޮފްޓްކޮޕީ ހުށަހަޅަންވާނެއެވެ.
6.2. ލޯގޯ ހުށަހަޅާ ފަރާތަކީ ލޯގޯގެ ފުރިހަމަ ކޮޕީ ރައިޓްސް ލިބިފައިވާ ފަރާތްކަމަށް ބަޔާންކޮށް ސޮއިކޮށްފައިވާ އިޤުރާރެއް ހުށަހަޅަންވާނެއެވެ.
6.3. ލޯގޯ ހުށަހަޅާ ފަރާތުގެ ފުރިހަމަ ނަން، އެޑްރެސް، އައިޑީ ކާޑުގެ ސްކޭން ކޮޕީ އަދި ގުޅޭނެ ނަންބަރެއް ލޯގޯއާއެކު ހުށަހަޅަން ވާނެއެވެ.
6.4. މަތީގައި ބަޔާންކޮށްފައިވާ ފޯމެޓްތަކަށް ލޯގޯގެ ސޮފްޓް ކޮޕީ، އިޢުތިރާޟެއް ނެތްކަން ބަޔާންކޮށް ސޮއިކޮށްފައިވާ ސިޓީ އަދި އެހެނިހެން ލިޔެ ކިޔުންތައް 1 އޮގަސްޓް 2022 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ މެއިލްއަށް ހުށަހަޅަން ވާނެއެވެ.
6.5. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ކައުންސިލުގެ 6520039 އަށެވެ.
- 7. މާކުސް ދެވޭ މިންގަނޑުތައް
7.1. ރަމްޒު ކޮށްދިނުން %50
7.2. ފަރުމާކުރުމުގެ ފުރިހަމަކަމަށް %30
7.3. ކުލަތައް ހިޔާރުކުރުމުގެ ފުރިހަމަކަމަށް %20
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.