މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

މި ސަރވިސްގެ ނަންބަރު 167-F/1/2014/29  ) 07 އޮގަސްޓު 2014 ) އިޢުލާނުގައިވާ މަސައްކަތްތައް ބަދަލުވެފައިވާތީ، އެ އިޢުލާން ބާޠިލުކޮށް މި މަޤާމުތަކަށް ޝައުޤުވެރިކަން ހުރި ފަރާތްތަކަށް އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.

މި ސަރވިސްގެ ތިރީގައި މިދަންނަވާ މަޤާމުތަކަށް މީހުން ބޭނުންވެއްޖެއެވެ.

މަޤާމު

އެޑްމިނިސްޓްރޭޓިވް އޮފިސަރ   

ރޭންކް

GS-3

ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1 /އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މުސާރަ

-/4465 ރުފިޔާ

ސަރވިސް އެލަވަންސް

-/1500   ރުފިޔާ

ބޭނުންވާ އަދަދު

02 (ދޭއް)

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން

އޮފީސް އޮފް ދަ ކޮމިޝަނަރ ފޮރ ކަރެކްޝަނަލް ސަރވިސް (އޯ.ސީ.ސީ.އެސް)

ހިޔުމަން ރިސޯސަސް

ޝަރުޠު

- އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓްގެ ދާއިރާއިން.

1.  މަޤާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. (ނުވަތަ)

2. ސަނާވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއި އެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

އެހެނިހެން ޢިނާޔަތްތައް

ގަވައިދާއެއްގޮތް ވާގޮތުގެ މަތިން އިތުރުގަޑިއާއި ބަންދު ދުވަސްތަކުގައި މަސައްކަތް ކޮށްފިނަމަ އިތުރުގަޑީގެ ފައިސާއާއި ބަންދު ދުވަސްތަކުގެ ފައިސާ ލިބޭނެއެވެ. އަދި މީގެ އިތުރުންވެސް އެކިކަހަލަ އެލަވަންސްތައް ހަމަޖެހިފައިވާ އުސޫލުން ލިބޭނެއެވެ.

މަޤާމުގެ މަސްޢޫލިއްޔަތު

އޮފީސް އޮފް ދަ ކޮމިޝަނަރ ފޯރ ކަރެކްޝަނަލް ސަރވިސް:

- އޮފީސް އޮފް ދަ ކޮމިޝަނަރ ފޮރ ކަރެކްޝަނަލް ސަރވިސްގައި ހިމެނޭ ވެރިންގެ އެޕޮއިންޓްމަންޓްތައް ބެލެހެއްޓުން.

- އޯ.ސީ.ސީ.އެސް އިން ހަމަޖައްސަންޖެހޭ އެކިއެކި ދަތުރުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރުން.

- ލިޔަން ޖެހޭ އެކި އެކި ސިޓީ ތަކާއި މެމޯ ލިޔުން.

- ސަރުކާރުގެ އެކިއެކި އޮފީސްތަކަށް ފޮނުވަން ޖެހޭ ލިޔެކިޔުންތަށް ފޮނުވުމުގެ މަސައްކަތް ކުރުން.

- ފައިލް ކުރަންޖެހޭ ލިޔެކިޔުންތައް ފައިލް ކުރުން.

ހިޔުމަން ރިސޯސަސް

- މުސާރަ ތައްޔާރު ކުރުމުގެ ކުރިން ހެޑް އޮފީހާއި ޖަލުތަކުގެ ހާޒިރީ ރިޕޯޓުތައް ޗެކް ކުރުން

- މުވައްޒަފުންގެ މުސާރައާއި ޢިނާޔަތްތަކަށް އަންނަ ބަދަލުތައް ގަވާއިދުގައިވާ ގޮތުގެ މަތިން އެކަމެއް ކުރުމުގެ މަސައްކަތް ކުރުން.

- މުސާރަ ސެޕްއިން ޕޯސްޓްކުރުމަށްޓަކައި ތައްޔާރުކުރަންޖެހޭ ޗެކްލިސްޓް ތައްޔާރުކޮށް، ވައުޗަރ ތައްޔާރުކުރުމަށް ކަމާގުޅޭ ސެކްޝަނަށް ހަވާލުކުރުމާއި ޕޯސްޓްކުރުމުގެ މަސައްކަތް ކުރުން

- މުސާރާ ސެޕްއިން ޕޯސްޓް ކުރުމަށްފަހު/ކޮށް ނިމުމުން ބޭންކުތަކަށް ފޮނުވަންޖެހޭ ލިސްޓުތައް ތައްޔާރުކޮށް އެލިސްޓުތައް ކަމާގުޅޭ ސެކްޝަންނާއި ހަވާލުކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޯދުމަށް ބަލާނެ ކަންތައްތައް

- މަތީގައި ދެންނެވިފައިވާ ދާއިރާއިން މަސައްކަތުގެ ތަޖުރިބާ.

- މަތީ ތައުލީމާއި ތަމްރީން.

އިންޓަރވިއު ކުރުން

މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 15 ދުވަހުގެ ތެރޭގައި އެންގޭނެއެވެ. އަދި މަގާމަށް ކުރިމަތިލައްވާ ފަރާތްތަކުގެ އަދަދު 10 އަކަށް ވުރެ ގިނަ ނަމަ ތަޢުލީމާއި ތަޖުރިބާއަށް ބަލައި ޝޯޓްލިސްޓް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

ނޯޓް: ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ ފޯމްތައް ބާޠިލު ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
 އެޕްލިކޭޝަން ފޯމާއެކު ހުށަހަޅުއްވާ ލިޔުންތަކުގެ އަދަދު އެނގޭގޮތަށް ކޮންމެ ސަފުހާއެއްގައި ނަންބަރޖެއްސެވުން އެދެމެވެ.

ސުންގަޑި: މި މަޤާމުތަކަށް އެދޭ ފަރާތްތަކުން 19 އޮކްޓޫބަރު 2014 ވާ އާދީއްތަ ދުވަހުގެ 14:00 ގެކުރިން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް ހުށައެޅުއްވުން އެދެމެވެ. ( ޣާޒީ ބިލްޑިންގ / 1 ވަނަ ފަންގިފިލާ)

މިއިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް މި ސަރވިސްގެ ނަންބަރު 3328443 އަށް ގުޅުއްވުން އެދެމެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

- ވަޒީފާއަށް އެދޭ ފޯމް (މި ފޯމް މި ސަރވިސްގެ www.corrections.gov.mv ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިސަރވިސްގެ ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ.)

- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭހެން ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯ ކޮޕީ އަދި އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތަކުގެ ފޮޓޯ ކޮޕީ.

- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ސީވީ ) 

- ސިވިލް ސަރވިސް އަށް / ސަރުކަރާށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މީހެއްނަމަ، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިޢުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިޔުން.

- ކުރިން ވަޒީފާ އަދާކޮށްފައިވާ މީހެއްނަމަ ވަޒީފާ އަދާކުރި ތަންތަނުގެ ރަސްމީ ލިޔުން.

ނޯޓް: އެޕްލިކޭޝަންއާއި އެކު ހުށައަޅާ ލިޔުންތަކުގެ އަސްލު އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަން ޖެހޭނެއެވެ.

06 ޛުލްޙިއްޖާ 1435 

30 ސެޕްޓެންބަރު 2014
ހޯދާ