ދިވެހިރާއްޖެ
މި ކައުންސިލުންދޭ މައުލޫމާތާ އެއްގޮތަށް މިރަށު ފުޓްބޯޅަ ދަނޑުގައި ފެންސްޖަހާދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވެ ލައްވާ ފަރާތްތަކުން 21 ޖުލައި 2022 ދުވަހު 13:00 ގައި ބާއްވާ ޕްރީ ބިޑް މީޓިންގައި ބައިވެރިވެލައްވާ 31 ޖުލައި 2022 ވާ އާދީއްތަ ދުވަހުގެ 13:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ޕްރީ ބިޑް މީޓިންގައި ބައިވެރިވުމުގެ ފުރުޞަތު ދެވޭނީ ބީލަމުގައި ރަޖިސްޓަރީވުމަށް އެދި ފޯމް ފުރިހަމަކޮށް ހުށަހަޅާ ފަރާތްތަކަށް އެކަންޏެވެ. ފޯމް ފުރިހަމަ ކުރުމަށްފަހު 21 ޖުލައި 2022 ދުވަހުގެ 09:00 ގެ ކުރިން މި ކައުންސިލްގެ މެއިލް [email protected] އަށް މެއިލް ކުރަންވާނެއެވެ. ބީލަމުގައި ރަޖިސްޓަރީ ކުރާ ފޯމް މި މިއިޢުލާނާއިއެކު އެޓޭޗް ކުރެވިފައިވާނެވެ. އަދި ރަސްމީގަޑީގައި އިދާރާގެ ކައުންޓަރުން ލިބެންހުންނާއެވެ. ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރ: 18/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނުނު (ޤާނޫނު ނަމްބަރ 19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި ޢިއުލާން ކުރީމެވެ.