ދިވެހިރާއްޖެ
އިޢުލާން
ހެލްތް ޕްރޮޓެކްޝަން އޭޖެންސީގެ ފަރާތުން 22 އޯގަސްޓް 2022 - 23 އޮގަސްޓް 2022 އަށް ކ.މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ޓްރެއިނިންގ އަކަށް ހޯލެއް/ކޮންފަރެންސް ރޫމްއެއް ކޭޓަރިންގ ސާރވިސް އާއި އެކު ކުއްޔަށް ހިފުމަށް ބޭނުންވެއެވެ.
މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 07 ޖުލައި 2022 ވާ ބުރާސްފަތި ދުވަހުން ފެށިގެން 24 ޖުލައި 2022 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 07 އޮގަސްޓް 2022 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 13:00 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.
މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 04 އޮގަސްޓް 2022 ވާ ބުރާސްފަތި ދުވަހު ހެނދުނު 11:00 ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.
