ދިވެހިރާއްޖެ
ނަންބަރ: (IUL)MMPRC-PRO/1/2022/55
އިޢުލާން
މި ކޯޕަރޭޝަނުން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް ޕްރޮމޯޝަނަލް ބޭނުންތަކަށް އައްޑޫ އަދި ފުވައްމުލަކުގެ ވީޑިއޯ ކްލިޕްތަކެއް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން މި ކޯޕަރޭޝަނުންކުރި ކުރެވުނު އިޢުލާން ނަންބަރު (IUL)MMPRC-PRO/1/2022/39 ބާތިލްކޮށް އަލުން އެފުރުސަތު ހުޅުވާލަމެވެ.
ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 19 ޖުލައި 2022 ވާ (އަންގާރަ) ދުވަހުގެ ހެނދުނު 11:00 އަށް، މި ކޯޕަރޭޝަންގެ އޮފީސް (ހ.ޒޮނާރިއާގެ ހަތަރުވަނަ ފަންގިފިލާ) އަށް ވަޑައިގެން މައުލޫމާތު ސާފްކުރެއްވުން އެދެމެވެ. އަދި 01 އޮގަސްޓް 2022 ވާ (ހޯމަ) ދުވަހުގެ ހެނދުނު 11:00 އަށް، މި ކޯޕަރޭޝަންގެ އޮފީސް (ހ.ޒޮނާރިއާގެ ހަތަރުވަނަ ފަންގިފިލާ) އަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. މި އިޢުލާން އާއިއެކު މަޢުލޫމާތު ކަރުދާސް ހިމަނާފައިވާނެއެވެ.
08 ޛުލްޤަޙިއްޖާ 1443
07 ޖުލައި 2022