ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
އޮފީސް/ ކުންފުނިތަކުގެ ބެޑްމިންޓަން ޗެމްޕިއަންޝިޕް 2022 ބައިވެރިވުމުގެ މުއްދަތު އިތުރުކުރުމާއިގުޅޭ

އިޢުލާން

 

އޮފީސް/ ކުންފުނިތަކުގެ ބެޑްމިންޓަން ޗެމްޕިއަންޝިޕް 2022 ބައިވެރިވުމުގެ މުއްދަތު އިތުރުކުރުމާއިގުޅޭ

 

އޮފީސް/ ކުންފުނިތަކުގެ ބެޑްމިންޓަން ޗެމްޕިއަންޝިޕް 2022 މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު ވަނީ 21 ޖުލައި 2022 އަށް އިތުރުކުރެވިފައެވެ. ވީމާ، މުބާރާތުގައި ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކުން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަކުރުމަށް ފަހު މުބާރާތުގައި ބައިވެރިވާ ބޭފުޅުންގެ އައިޑީކާޑު ކޮޕީ އާއެކު 21 ޖުލައި 2022 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްއަށް ހުށަހެޅުމަށް ދަންނަަވަމެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ހަވީރު 15:30 އަށް މިއެސޯސިއޭޝަންގެ ފޯން ނަމްބަރ (3314057) އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ.

 

07 ޖުލައި 2022

07 ޖުލައި 2022
ހޯދާ