ލ.އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އެކްޓިވިޓީ ޔުނީފޯމް ފަހައިދޭނެ ފަރާތެއް ހޯދުމަށް
ބީލަން ހުށަހެޅުމުގެ ދަޢުވަތު
- މިސްކޫލުގެ ނަމްބަރ (IUL)GS17/2022/029އާއި ގުޅިގެން އެކްޓިވިޓީ ޔުނީފޯމް ފޯރުކޮށް ދިނުމަށް އެކަށީގެންވާ އަދަދަށް ބިޑު ހުށަހަޅާފައިނުވާތީ، އެއިއުލާން ބާތިލްކޮށް އަލުން ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
1.1 މި ސްކޫލުގެ ދަރިވަރުންނަށް ބޭނުންވާ އެކްޓިވިޓީ ޔުނިފޯމް ފަހައިދީ ވިއްކާނެ ފަރާތެއް ހޯދުމަށް ބޭނުންވާތީވެ މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކަށް އެކަމަށް ކުރިމަތިލައި ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
- މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 17 ޖުލައި 2022 ން 20 ޖުލައި 2022 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 20 ޖުލައި 2022 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 21 ޖުލައި 2022 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި މިމަރުކަޒުގެ އިދާރީ އޮފީހުގައެވެ.
- ބިޑް ހުޅުވުން އޮންނާނީ 24 ޖުލައި 2022 ވާ އާދީއްތަ ދުވަހުގެ 13:00 ގައި މިމަރުކަޒުގެ އިދާރީ އޮފީހުގައެވެ.
- މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިޢިއުލާނައިއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
- ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ލ.އަތޮޅު ތަޢުލީމީ މަރުކަޒު
ސިރާޖުއްދީންމަގު، ފޮނަދޫ، ދިވެހިރާއްޖެ.
ފޯން: 6800013
އީ-މެއިލް: [email protected]
ކޮޕީ އީމެއިލް: [email protected]
07 ޖުލައި 2022
ހޯދާ