ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީގެ ސެކިއުރިޓީ އޮޕަރޭޝަން ސެންޓަރއަށް ބޭނުންވާ ތަކެތި ސަޕްލައިކޮށް ޑެލިވަރީކުރުން ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. މި މަސައްކަތުގެ "ބީލަން ފޮތް" މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެއްކަރުދާސްކުރެވިފައިވާނެއެވެ.
ޕްރީބިޑް ބައްދަލުވުން
މި މަސައްކަތާއިގުޅޭ ޕްރީބިޑް ބައްދަލުވުން އޮންނާނީ 20 ޖުލައި 2022 ވާ ބުދަ ދުވަހުގެ 11:00 އެވެ. އަދި އެއްވެސް ސަބަބަކާ ހެދި މިދުވަސް (20 ޖުލައި 2022) ބަންދު ނަމަ، ޖެހިގެން އަންނަ ރަސްމީ ދުވަހު 11:00 ގައެވެ.
ބީލަން ވެލިޑިޓީ އަދި ބީލަން ހުޅުވުން
ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، އިޢުލާން ނަންބަރު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 90 (ނުވަދިހަ) ދުވަސް އޮންނަންވާނެއެވެ.
ބީލަން ހުށަހަޅާނީ 25 ޖުލައި 2022 ހޯމަ ދުވަހު 10:00ގެ ކުރިން NCITގެ ރިސެޕްޝަނަށެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް އަނބުރާ ރައްދު ކުރެވޭނެއެވެ. އަދި އެއްވެސް ސަބަބަކާހެދި މިދުވަސް (25 ޖުލައި 2022) ބަންދުނަމަ، ޖެހިގެން އަންނަ ރަސްމީ ދުވަހު 10:00ގެ ކުރިން NCITގެ ރިސެޕްޝަނަށް ބީލަންހުށަހެޅޭނެއެވެ. އަދި ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް އަނބުރާ ރައްދު ކުރެވޭނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރުން
މި މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީ-މެއިލް ކުރާނީ 2022 ޖުލައި 19 ވާ އަންގާރަ ދުވަހުގެ 11:00 ގެ ކުރިން، [email protected] އަށެވެ. އަދި އިސްވެދެންނެވުނު ސުންގަޑި ހަމަވުމުގެ ކުރިން ހުށަހެޅޭ ސުވާލުތަކުގެ ޖަވާބުތައް މިއިދާރާގެ ވެބްސައިޓް (www.ncit.gov.mv) ގައި 2022 ޖުލައި 19 ބުރާސްފަތި ދުވަހު 13:30ގައި ޝާޢިއުކުރެވޭނެއެވެ.
އީމެއިލް އެޑްރެސް:[email protected]
ނޯޓް: ސިޓީއުރައިގެ ބޭރުގައި ތިރީގައި މި ދަންނަވާ މަޢުލޫމާތު ހިމަނަންވާނެއެވެ.
ބީލަމުގެ ނަން:
އިޢުލާނު ނަންބަރު:
ބީލަން ހުށަހަޅާ ފަރާތުގެ ނަން: