|
އިޢުލާން
|
|
ތާރީޚް:
|
07 ޖުލައި 2022
|
ނަންބަރު:
|
(IUL)401-E/401/2022/176
|
|
08 ޛުލްޙިއްޖާ 1443
|
އިޢުލާނުގެ ވަނަ:
|
01
|
|
ފުޓްސަލް ދަނޑުގައި ޖެހުމަށް ބޭނުންވާ ލައިޓް ހޯދުން
|
|
|
|
މިރަށު ފުޓްސަލް ދަނޑުގައި ޖެހުމަށް 20 ލެޑްލައިޓް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ، މިކައުންސިލުން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް މިތަކެތި ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އަންދާސީހިސާބު ހުށައެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
|
|
ބީލަމުގައި ރަޖިސްޓްރީވުން
|
- މިމަސައްކަތަށް ބީލަން ހުށަހެޅޭނީ، ބީލަން ހުށަހެޅުމަށްޓަކައި ރަޖިސްޓްރީވެ ބީލަން ފޮތް ގަތުމަށް ފައިސާ ދައްކާ ފަރާތްތަކަށެވެ. ބީލަން ފޮތުގެ އަގަކީ -/150ރ އެވެ.
- ބީލަމުގައި ރަޖިސްޓްރީ ކުރެވޭނީ ތިރީގައިވާ ގޫގްލް ފޯމް ފުރިހަމަކުރުމަށްފަހު ފައިސާ ޓްރާންސްފަރ ކުރިކަމުގެ ސްލިޕާއެކު ސަބްމިޓް ކުރާފަރާތްތަކެވެ.
- ބީލަމުގައި ރަޖިސްޓަރީ ވުމަށް: https://bit.ly/3ACGOl3
- ބީލަމުގައި ރަޖިސްޓްރީ ކުރުމަށް ހަމަޖެހިފައިވަނީ 18 ޖުލައި 2022 (ހޯމަ) ދުވަހުގެ 14:00 އާއި ހަމައަށެވެ.
|
|
މަޢުލޫމާތު ސާފުކުރުން / މަޢުލޫމާތު ދިނުން
|
- މި ބީލަމާގުޅޭ ގޮތުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވާގޮތަށް ހަމަޖެހިފައެއް ނުވެއެވެ.
- ބީލަމާ ބެހޭ ގޮތުން ތައްޔާރުކޮށްފައިވާ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއެކު ގެޒެޓް ކުރެވިފައިވާނެއެވެ. އަދި މިކައުންސިލްގެ ވެބްސައިޓުން www.fonadhoo.gov.mv އިން ލިބެން ހުންނާނެއެވެ. އިތުރަށް މަޢުލޫމާތު [email protected] އަށް މެއިލް ކުރުމުން ފޯރުކޮށްދެވޭނެއެވެ.
|
|
ބީލަން ހުށަހެޅުން / ބީލަން ހުޅުވުން
|
- ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ 04 އޯގަސްޓް 2022 (ބުރާސްފަތި) ދުވަހުގެ 13:30އެވެ. ސުންގަޑި ހަމަވުމުން ލިބޭ ބީލަންތައް ބަލައި ނުގަނެވޭނެއެވެ.
- ބީލަމާއެކު ހުށަހަޅާ އެންމެހައި ލިޔެކިޔުންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް ސާފުކޮށް ލިޔެފައި އޮންނަންވާނެއެވެ.
- ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 04 އޯގަސްޓް 2022 (ބުރާސްފަތި) ދުވަހުގެ 13:30 ގައި ބީލަން ހުށަހެޅުމުގެ ސުންގަޑި ހަމަވުމުން ބީލަން ހުޅުވުމުގެ ބައްދަލުވުމަށް ޙާޟިރުވާ ފަރާތްތަކުގެ ކުރިމަތީގައެވެ.
|
|
|
|
|
|
|
|