އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އިދާރާއަށް ގަނެފައިވާ ވެހިކަލްތައް ބަހައްޓާނެ ގަރާޖެއް ހެދުމުގެ މަސައްކަތް

މި އިދާރާއިން ދޭ މައުލޫމާތާއި އެއްގޮތަށް، ކައުންސިލް އިދާރާއަށް ގަނެފައިވާ ވެހިކަލްތައް ބަހައްޓާނެ ގަރާޖެއް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން  ބޭނުންވެއެވެ.

ވީމާ، މި މަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް މި ފުރުސަތު ހުޅުވާލަމެވެ.

ބީލަންހުށަހެޅުމަށް ރަޖިސްޓަރީ ވުމަށް، 2022 ޖުލައި 19 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ބަންދުނޫން ކޮންމެ ދުވަހަކު މި އިދާރާއަށް ވަޑައިގެން މިބީލަމުގެ "ބީލަން ރަޖިސްޓްރޭޝަން ޝީޓް"

ގައި ރަޖިސްޓަރީ ކުރެވޭނެއެވެ. ދެންނެވިފައިވާ މުއްދަތުގައި އިއުލާނާ އެއްހީރަސްކޮށްފައިވާ ރަޖިސްޓްރޭޝަން ފޯމު ފުރުއްވައި މިއިދާރާގެ [email protected]  މެއިލް ކުރެއްވުމުން

ރަޖިސްޓަރީ ކުރާނެއެވެ. މި ބީލަމުގައި ބައިވެރިވެވޭނީ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތައް ނުވަތަ އަމިއްލަ ފަރުދުންގެ

ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތައްކަމުގައި ދެންނެވީމެވެ. ބީލަން ހުށަހެޅުމަށް ރަޖިސްޓަރީ ނުވާފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު

ނޯންނާނެ ވާހަކަ ދެންނެވީމެވެ.

މަސައްކަތުގެ ޕްރީބިޑް / މަޢުލޫމާތު ދިނުމުގެ ބައްދަލުވުން  އޮންނާނީ، 2022 ޖުލައި 20 ވާ ބުދަ ދުވަހުގެ 13:00 ގައި ތޮއްޑޫ ކައުންސިލް އިދާރާގެ ޖަލްސާކުރާމާލަމުގައެވެ.

މި ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ 2022 އޮގަސްޓް 03 ވާ ބުދަ ދުވަހުގެ 13:00 ގައި ތޮއްޑޫ ކައުންސިލް އިދާރާގެ ޖަލްސާކުރާމާލަމުގައެވެ.  ބީލަން ހުށަހަޅަންޖެހޭނީ ބަންދުކުރެވިފައިވާ

ސިޓީއުރައެއްގައި ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އަދި " ކައުންސިލް އިދާރާއަށް ގަނެފައިވާ ވެހިކަލްތައް ބަހައްޓާނެ ގަރާޖެއް ހެދުން" މަސައްކަތް މިހެންލިޔެފައިއޮންނަންވާނެއެވެ.

މި ބީލަމާގުޅޭ ގުޅުއްވާނީ 6660537 / 9160614 މިނަންބަރު ފޯނަށެވެ.

07 ޖުލައި 2022
ހޯދާ