ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ.
މިހޮސްޕިޓަލްގައި ޑައިލަސިސް ޔުނިޓަށް 20 ޓަނުގެ ރިވާސް އޮސްމޯސިސް ޑީސަލިނޭޝަން ޕްލާންޓެއް ހޮސްޕިޓަލުން ހުށަހަޅާ ލޭއައުޓާއި ސްޕެސިފިކޭޝަންތަކާ އެއްގޮތަށް ސަޕްލައިކޮށްދިނުމާއެކު އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: URH/IUL/2014/22ފ(01 ސެޕްޓެންބަރު 2014) އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތައް ބޮޑުކަމަށް ފެންނާތީ އެއިޢުލާން ބާޠިލުކުރުމަށްފަހު، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން އަލުން ބިޑުޑޮކިއުމެންޓް ހުށަހެޅުމަށް ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 15 އޮކްޓޫބަރު 2014 ވާ ހޯމަ ދުވަހުގެ 2:00 އަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ނުވަތަ މިނިސްޓްރީ އޮފް ހެލްތުގެ 7 ވަނަ ފަންގިފިލާގައިވާ ކޮންފަރެންސް ހޯލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 22 އޮކްޓޫބަރު 2014 ވާ ހޯމަ ދުވަހުގެ 2:00 އަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ނުވަތަ މިނިސްޓްރީ އޮފް ހެލްތަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކާއި، ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ފޮނުވޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
05 ޛުލްޙިއްޖާ 1435