ތިލަދުންމަތީ އުތުރުބުރީ ތުރާކުނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ.ތުރާކުނު މަސްޖިދުލް ނިބްރާސްގެ އިސްކޫރުބަރި މަރާމާތުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

ނަންބަރ: (IUL)244-CAA/244/2022/31

އިޢުލާން

             ހއ.ތުރާކުނު މަސްޖިދުލް ނިބްރާސްގެ އިސްކޫރުބަރި މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

             މި މަސައްކަތަށް އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

             ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 31 ޖުލައި 2022 ވާ އާދީއްތަ ދުވަހު 11:00 ގެ ކުރިން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

އަންދާސީ ހިސާބު އީމެއިލް މެދުވެރިކޮށް ހުށައަޅަންވާނީ, [email protected] [email protected]އަށެވެ.

             އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 25 ޖުލައި 2022 ވާ އަންގާރަ ދުވަހު 11:00 ގެ ކުރިން  [email protected]  އަށް މެއިލްކޮށްދެއްވުން އެދެމެވެ.  އަދި ރަސްމީ ބަންދު ނޫން ދުވަސްދުވަހުގެ ހެނދުނު 8:30 އިން 13:30 އަށް މިއިދާރާގެ ނަމްބަރު 6500035 ފޯނަށް ގުޅުއްވައި މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. 

07 ޖުލައި 2022
ހޯދާ