މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އަޟްޙާ ޢީދު ނަމާދު ކުރުމާއި ގުޅޭ!
1443 ވަނަ އަހަރުގެ އަޟްޙާ ޢީދު ނަމާދުކުރުން އޮންނާނީ މަސްޖިދުލް ޢުލާގައެވެ.
ޢީދު ނަމާދަށް ވަޑައިގަންނަވާއިރު ތިރީގައިވާ ކަންކަމަށް ސަމާލުކަން ދެއްވުން އެދެމެވެ.
- ވެހިކަލް ޕާކުކުރަން ކަނޑައަޅާފައިވާ ސަރަޙައްދުތަކުގައި ވެހިކަލް ޕާކުކުރުން.
- ކުރިން ވަޑައިގަންނަވާ ބޭފުޅުން ކުރީ ސަފުތައް ފުރަމުން ގެންދިއުން.
- ހެނދުނުގެ ސަޔަށް ގެންނަ ތަކެތި، ޢީދު ނަމާދަށް ވަޑައިގަންނަވާއިރު ހިފައިގެން އައުން.
- އެސަރަޙައްދުގައި، ކައުންސިލާއި އ.ތ.މ ކޮމިޓީ އަދި މިސްކިތު މުވައްޒަފުންނާއި، ފުލުހުންގެ އިރުޝާދުތަކާއި އެއްގޮތަށް ޢަމަލުކުރުން
ޢީދު ދުވަހުގެ ޢީދު ނަމާދާއި، ޢީދު ދުވަހުގެ ހެނދުނުގެ ސައިގައި ރަށުގެ ކުދިބޮޑު އެންމެހާ ރައްޔިތުންނާއި އެންމެހާ މެހެމާނުން ބައިވެރިވުމަކީ މިކައުންސިލްގެ ވަރަށް ބޮޑު އެދުމެކެވެ. އަދި ހެނދުނުގެ ސައި ތައްޔާރުކުރުމުގައި، ރަށުގެ އެންމެހާ ރައްޔިތުންގެ ބައިވެރިވުމާއި އެހީތެރިކަން ލިބިގެންދާނެ ކަމަށް އުއްމީދު ކުރަމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
07 ޖުލައި 2022
ހޯދާ