ދިވެހިރާއްޖެ
އަންދާސީހިސާބުބޭނުންވެއްޖެ
މި މިނިސްޓްރީގެ ދަށުން ހިނގަމުންދާ މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސްގެ ފަރާތުން އިންތިޒާމު ކޮށްގެން ހދ.ކުޅުދުއްފުށި، ލ.ގަން އަދި ޏ.ފުވައްމުލަކުގައި ސްޕޯޓްސް ފޮރ އޯލް ޕްރޮގްރާމް ހިންގައިދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު: IUL)141-MNIS-A/141/1/2014/262)ފ(7 ސެޕްޓެންބަރު 2014) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.
ވީމާ، މި ޕްރޮގްރާމް ހިންގުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މިފުރުޞަތު އަލުން ހުޅުވާލަމެވެ.
|
ތަން |
ދުވަސް |
ތާރީޚު |
ގަޑި |
މަޢުލޫމާތު ސާފުކުރުން |
ދިވެހި ރާއްޖޭގެ ކުޅިވަރު ކުރިއަރުވާ މަރުކަޒު (ހެންވޭރު ބޯޅަގޭގެ 3 ވަނަ ފަންގިފިލާއަށް) |
އާދީއްތަ |
12 އޮކްޓޫބަރު 2014 |
11:00
|
އަންދާސީހިސާބު ހުށަހެޅުން |
މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް (ވެލާނާގޭގެ 3 ވަނަ ފަންގިފިލާއަށް) |
ބުރާސްފަތި |
16 އޮކްޓޫބަރު 2014 |
11:00 |
މަޢުލޫމާތު ސާފުކުރައްވަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ފަހުން މަޢުލޫމާތު ނޭރުވޭނޭ ވާހަކަ ދެންނެވީމެވެ.
6 ޛުލްޙިއްޖާ 1435