ދިވެހިރާއްޖެ
ޕްރޮޖެކްޓް ނަންބަރު PRO/308/2022/06
މަސްޖިދުލް ޢުލާ މަރާމާތުކުރުމަށް ކުރި މިކައުންސިލްގެ ނަންބަރު (IUL)308/2022/35 އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ބިޑް ރަޖިސްޓްރީކޮށްފައިނުވާތީ އެމަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން އަލުން އިޢުލާން ކުރަމެވެ.
ތިރީގައި މިދަންނަވާ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
- މަސްޖިދުލް ޢުލާގެ ވަށާ ފާރާއި މިސްކިތުގެ އެތެރެއާއި ބޭރު ފާރުތަކާއި އިސްކުރުބަރީގެ އެތެރެއާއި ބޭރު ފާރުތަކާއި މުންނާރުގައި ކުލަލުން.
- މިސްކިތުގެ އެތެރެއާއި ބޭރު ސީލިންގ އަދި އިސްކުރުބަރީގެ ސީލިންގގައި އިންޓީރިއަރ މޮޅު ހުދުކުލަލުން.
ކުލަ ކޯޑުތައް:
- ފާރުތަކުގެ ކުލަ (243,228,206,255) rgba #f3e4ce hex
- ތަނބުތަކުގެ ކުލަ (227,213,194,255) rgba #e3d5c2 hex
- ތަނބުބުޑުތަކުގެ ކުލަ (204,176,152,255) rgba ccb098# hex
- އެތެރޭގެ ފާރުތަކުގައި ލާންވާނީ އެތެރޭގައި ލުމަށް ޚާއްޞަ ކުލައެވެ.
- ބޭރު ފާރުތަކުގައި ލާންވާނީ ބޭރުގައި ލުމަށް ޚައްޞަ ކުލައެވެ.
ރަޖިސްޓްރީކުރުން |
2022 ޖުލައި 20 ވާ ބުދަ ދުވަހުގެ 13:00ގެ ކުރިން ބިޑް ރަޖިސްޓްރީކުރަންވާނެއެވެ. ބިޑް ރަޖިސްޓްރީ ކުރައްވާނީ މިކައުންސިލްގެ [email protected] / [email protected] އަށް ތިރީގައި މިދަންނަވާ މަޢުލޫމާތު މެއިލްކޮށްގެންނެވެ. ބިޑް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ ބިޑް ބަލައިނުގަންނާނެ ވާހަކަ ދަންނަވަމެވެ.
|
މަޢުލޫމާތު ސާފުކުރުން |
މި މަސައްކަތާއި ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމަށް އީ-މެއިލް ކުރައްވާނީ 2022 ޖުލައި 20 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައި ދަންނަވާފައިވާ އެޑްރެހަށެވެ. އީމެއިލްކުރައްވާއިރު ސަބްޖެކްޓްގައި އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ. އީމެއިލް އެޑްރެސް: [email protected] ކޮޕީ: [email protected] |
އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަނޑި އާއި ހުށަހަޅާނެގޮތް |
|
އަގު ހުށަހަޅަންވީ ގޮތް:
- އަގު ހުށަހަޅަންވާނީ ދިވެހި ރުފިޔާއިންނެވެ.
- އަގު ހުށަހަޅަންވާނީ ލީޓަރަކަށްޖެހޭ ރުފިޔާގެ ރޭޓުންނެވެ.
- އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައިއެވެ.
- ސިޓީއުރައިގައި ބަންދުކުރެވިފައިވާ ލިޔެކިޔުން ފިޔަވާ އެހެން ލިޔުމެއް ފަހުން ބަލައެއް ނުގަނެވޭނެއެވެ. އަދި ބަންދުކުރެވިފައިވާ ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރު އަދި ތިރީގައިވާގޮތަށް އެޑްރެސްކުރެވިފައި އޮންނަންވާނެއެވެ.
"މަސްޖިދުލް ޢުލާ މަރާމާތުކުރުން"
މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް:
- ވިޔަފާރީގެ މުއްދަތު ހަމަނުވާ ރަޖިސްޓްރީގެ ކޮޕީ
- ވިޔަފާރީގެ ޕްރޮފައިލް
- އަންދާސީ ހިސާބު ހުށަހަޅާ ފޯމް
- ޓެކްސް ކްލިއަރެންސް ރިޕޯޓް
ޕޮއިންޓް ދެވޭގޮތުގެ ތަފްސީލު:
ޕޮއިންޓް ދިނުމުގައި ބަލާ މިންގަނޑު ތަކަކީ:
- އަގު %85
- ތަޖުރިބާ %5
- މުއްދަތު
- އަންދާސީ ހިސާބު އިވެލުއޭޓް ކުރާއިރު އަގުގެ ބެންޗްމާރކްގެ ގޮތުގައި ބަލާނީ އެންމެ ކުޑަ އަގަށެވެ.
- އަންދާސީ ހިސާބު އިވެލުއޭޓް ކުރާއިރު މުއްދަތުގެ ބެންޗްމާރކްގެ ގޮތުގައި ބަލާނީ އެންމެ ކުރު މުއްދަތަށެވެ.
- ބިޑް އިވެލުއޭޓް ކުރާނީ މިއިދާރާގެ ބިޑް އިވެލުއޭޝަން ކޮމިޓީންނެވެ.
- ބިޑް އިވެލުއޭޝަން ކޮމިޓީން އިވެލުއޭޓްކުރުމަށް ފަހު، ބިޑުތައް ކާމިޔާބު ކުރެވުނު ފަރާތަށާއި ނުކުރެވުނު ފަރާތްތަކަށް އެންގޭނެއެވެ.
- ބިޑް އިވެލުއޭޝަނާއި ގުޅިގެން އެއްވެސް ޝަކުވާއެއް އޮތްނަމަ "ބީލަންވެރިޔާ މައްސަލަ ހުށަހަޅާ ފޯމް" ހުށަހެޅުމުން އެފަރާތަކަށް ޖަވާބުދެވޭނެއެވެ. މިފޯމް މިކައުންސިލްގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރުން
- ބިޑް ހުށަހަޅާ ވިޔަފާރީގެ ވެރިފަރާތް ފިޔަވައި އެހެން ފަރާތެއް ބީލަން ހުށަހެޅުމަށް ވަޑައިގަންނަވާނަމަ ބަދަލުގައި ވަޑައިގަންނަވާ ފަރާތެއްކަން އަންގައިދޭ ލިޔުން ގެންނަވަންވާނެއެވެ.
- މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތަކާއި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހަޅާފައިނުވާ އަންދާސީ ހިސާބުތައް ބާޠިލުކުރެވޭނެއެވެ.
- މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.