މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
ކަސްޓަމްސް އިމާރާތް ސާރވޭކޮށްދޭނެ ފަރާތެއް ހޯދަން

ކަސްޓަމްސް އިމާރާތް ސާރވޭކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި ނަންބަރު IUL)14-A3/1/2014/103) އިޢުލާނަށް މަޢުލޫމާތު ސާފުކުރަން ހާޒިރުވީ އެންމެ ފަރާތަކުން ކަމަށްވާތީ، އެއިޢުލާނު ބާޠިލުކޮށް، އަލުން އިޢުލާނު ކުރަމެވެ.

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 12 އޮކްޓޫބަރު 2014 ވާ އާދީއްތަ ދުވަހުގެ 11:30 އަށް ކަސްޓަމްސްގެ ހެޑްއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 21 އޮކްޓޫބަރު 2014 ވާ އަންގާރަ ދުވަހުގެ 11:30 އަށް ކަސްޓަމްސް ހެޑްއޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ ހަމައެކަނި މަޢުލޫމާތު ސާފުކުރުން އޮންނަ ދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރާ ފަރާތްތަކަށެވެ.

06 ޛުލްޙިއްޖާ 1435 

30 ސެޕްޓެންބަރު 2014
ހޯދާ