އދ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
އދ. އަތޮޅު ހޮސްޕިޓަލާއި އަތޮޅުގެ ޞިއްޙީމަރުކަޒުތަކަށް ބޭނުންވާ އެއަރ ކޮންޑިޝަނަރ ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް

އދ. އަތޮޅު ހޮސްޕިޓަލާއި އަތޮޅުގެ ޞިއްޙީމަރުކަޒުތަކަށް ބޭނުންވާ އެއަރ ކޮންޑިޝަނަރ ސަޕްލައި ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތައް 06 ޖުލައި 2022 ވާ ބުދަ ދުވަހުން ފެށިގެން 21 ޖުލައި 2022 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 ގެ ނިޔަލަށް، މި އިޢުލާނާއި  އެޓޭޗްކުރެވިފައިވާ ރެޖިސްޓަރޭޝަން ޝީޓް ފުރިހަމަކުރެއްވުމަށްފަހު  [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 24 ޖުލައި  2022 ވާ އާދިއްތަ ދުވަހުގެ ހެނދުނު 11:00 ގައި އދ. އަތޮޅު ހޮސްޕިޓަލް ގައެވެ. މިއިޢުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް، މި އިޢުލާނާއި  އެޓޭޗްކުރެވިފައިވާނެއެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާނަމަ 21 ޖުލައި 2022 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.  އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

06 ޖުލައި 2022
ހޯދާ