ދިވެހިރާއްޖެ
މިއިދާރާގެ ނަންބަރ: 269/269/2022/27 (IUL) (16 މެއި 2022) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ބިޑް ހުށަހަޅުއްވާފައި ނުވާތީ އެ އިޢުލާން ބާޠިލްކޮށް،ހދ. ވައިކަރަދޫ މަސްމާރުކޭޓު ޢިމާރާތުގެ ރެސްޓޯރަންޓް 10 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ހިފުމަށް ބޭނުންފުޅުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. ވީމާ، މި ތަން ކުއްޔަށް ހިފުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތިން މަޢުލޫމާތު ސާފުކުރައްވާ ބީލަން ހުށަހެޅުއްވުން އެދެމެވެ.
ބީލަން ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 21 ޖުލައި 2022 ގެ 11:00 ގެ ކުރިން މި އިދާރާއަށް ވަޑައިގެން ނުވަތަ ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރޭޝަން ފޯމް" ފުރިހަމަކޮށް ރަޖިސްޓަރީ ކުރެއްވުމަށް ދަންނަވަމެވެ. ރަޖިސްޓްރީކުރާ ފަރާތްތަކަށް ބީލަމާބެހޭ މަޢުލޫމާތު ކަރުދާސް ލިބޭނެ އިންތިޒާމު ހަމަޖައްސައިދެވޭނެއެވެ. އަދި މި މަސައްކަތާގުޅިގެން އެއްވެސް ސުވާލެއްވާނަމަ 2022 އޮގަސްޓް 07 ވަނަ ދުވަހުގެ 13:30ގެ ކުރިން ތިރީގައިއެވާ އީމެއިލަށް މެއިލް ކުރުމަށް ދަންނަވަމެވެ.އަދި މެއިލް ލިބުނުކަން ކަށަވަރު ކުރުމަށްޓަކައި ރަސްމީ މަސައްކަތުގަޑީގައި މި އިދާރާ ގެ ނަންބަރ 6520049 ފޯނާ ގުޅުއްވާ ޔަގީން ކުރަންވަން ވާނެއެވެ.
- ބީލަން ރަޖިސްޓްރީ ފޯމްގެ ލިންކު: https://forms.office.com/r/e1YVnvYTst
- އީމެއިލް އެޑްރެސް: [email protected]
ތަފްޞީލް |
ތާރީޚް |
ގަޑި |
ރަޖިސްޓްރީވުމުގެ ސުންގަޑި |
21 ޖުލައި 2022 |
11:00 |
މަޢުލޫމާތު ދިނުން |
28 ޖުލައި 2022 |
13:00 |
ބީލަން ހުށަހެޅުން |
10 އޮގަސްޓް 2022 |
13:00 |
ބީލަމާ ގުޅޭ ގޮތުން މަޢުލޫމާތު ދިނުމާއި ބީލަން ހުށަހެޅުން އޮންނާނީ ވައިކަރަދޫ ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަމުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް ޕްރީ ބިޑް (މަޢުލޫމާތު ސެޝަން) ގައި ބައިވެރިވެ ވަޑައިނުގެންނެވި ކަމުގައި ވިޔަސް ބީލަން ހުށަހެޅުމުގެ ފުރުޞަތު ލިބިވަޑައި ގަންނަވާނެއެވެ. ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ އެއް ބީލަމެވެ. ބީލަން ހުށަހެޅުއްވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. ބީލަންތައް އިވެލުއޭޓް ކުރުމުގައި ރަށާއި އަތޮޅުގެ ބީލަންވެރިންނަށް އިސްކަން ދެވޭނެއެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.