ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެއަރކޮންޑިޝަން އިންސްޓޯލް ކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން

އަންދާސީހިސާބު ބޭނުންވެއްޖެ

އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓާއި ވިލިނގިލީއަވަށުގެ ފިހާރަ އަދި ހުޅުމާލެ ފިހާރައިން ވިއްކާ އެއަރކޮންޑިޝަން އިންސްޓޯލް ކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު އިޢުލާނަށް އެކަށީގެންވާ އިޖާބައެއް ލިބިފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން މި މަސައްކަތް ކޮށްދޭނެ 2 ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2014 އޮކްޓޫބަރު 13 ވަނަ ދުވަހުގެ 09:00 އަށް މިކުންފުނީގެ ހެޑްއޮފީހަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2014 އޮކްޓޫބަރު 20 ވަނަ ދުވަހުގެ 09:00 އަށް އަންދާސީހިސާބު، އެފަރާތުގެ ފުރިހަމަ މަޢުލޫމާތާއި ޚިދުމަތްތަކުގެ ތަފުސީލު ޕްރޮފައިލަކާއެކު މިކުންފުނީގެ ހެޑްއޮފީހަށް ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑި ޖެހިގެން ހާޒިރުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:

ފޯން: 3344196، 3344321

ފެކްސް: 3344633

އީމެއިލް: [email protected]

08 ޛުލްޙިއްޖާ 1435

02 އޮކްޓޫބަރު 2014
ހޯދާ