| 
   
ވަޒީފާގެ ފުރުޞަތު 
 | 
 ނަންބަރު: 13/(IUL)95-A/1/2022 
 | 
| 
 ތާރީޚް: 06 ޖުލައި 2022 
 | 
| 
 މަޤާމް:        
 | 
 އެޑްމިނިސްޓްރޭޓިވް އޮފިސަރ 
 | 
 ރޭންކް: GS3 
 | 
| 
 ކޯޓް / ސެކްޝަން 
 | 
 ދިވެހިރާއްޖޭގެ ހައިކޯޓު (ޝަރުޢީ ސެކްޝަން- ބީ9) 
 | 
 ބޭނުންވާ ޢަދަދު: 01 
 | 
| 
 މުސާރައާއި ޢިނާޔަތްތައް 
 | 
| 
 އަސާސީ މުސާރަ 
 | 
 -/4465 ރުފިޔާ 
 | 
 ސަރވިސް އެލަވަންސް                 
 | 
 -/1500 ރުފިޔާ 
 | 
| 
 ލިވިންގ އެލަވަންސް 
 | 
 -/2850 ރުފިޔާ 
 | 
 ޖުޑީޝަލް އެލަވަންސް  (މުސާރައިގެ %45) 
 | 
 އަދި އިތުރުގަޑީގައި މަސައްކަތް ކުރަންޖެހިއްޖެނަމަ ހަމަޖެހިފައިވާ އުޞޫލުންއިތުރުގަޑީގެފައިސާދެވޭނެއެވެ. 
 | 
| 
 މަޤާމުގެ  ޝަރުތު: 
 | 
-  ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން " ސެކަންޑަރީ ސްކޫލް" ނުވަތަ " ހަޔަރ ސެކްނަޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި " ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. ނުވަތަ
 
 
  
- މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުން.
 
 
  
 | 
| 
 މަޤާމުގެ މައިގަނޑު         
މަސްއޫލިއްޔަތު: 
 | 
- ކޭސް ރެޖިސްޓްރޭޝަން ޔުނިޓުގެ ފަރާތުން ޝަރީއަތާބެހޭ ބަޔާއި ޙަވާލުކުރާ މައްސަލަތައް ބަލައިގަތުމަށްފަހު، މައްސަލައިގެ ފައިލް ތައްޔާރުކޮށް، ފަނޑިޔާރަށް މައްސަލަ އެރުވުން.
 
- ފަނޑިޔާރު އަންގަވާ ގޮތެއްގެ މަތިން އިދާރީ ފިޔަވަޅު އެޅުމުގެގޮތުން މައްސަލާގައި ހިމެނޭ ފަރާތްތައް ޙާޟިރުކުރުމާއި، އެފަރާތްތަކަށް ފޮނުވަންޖެހޭ އަމުރުތަކާއި އެންގުންތައް ފޮނުވުން.
 
- މައްސަލަ ހުށަހެޅުނުކަން އަންގަންޖެހޭ ފަރާތްތަކަށް އެންގުމާއި  ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ކަނޑައެޅިފައިވާ އުޞޫލުގެމަތިން އެންގުން
 
- ޑިޕޮސިޓް ފައިސާ ބަހައްޓަންޖެހޭ މައްސަލައެއްނަމަ ފަނޑިޔާރުންގެ މަޝްވަރާގެ މަތިން، ޑިޕޮސިޓް ބަހައްޓަންޖެހޭ މުއްދަތު ކަނޑައަޅައި، ބަހައްޓަންޖެހޭ ފައިސާގެ އަދަދު ހިސާބުކޮށް ޑިޕޮސިޓްފައިސާ ބެހެއްޓުމަށް އެންގުން. އަދި މައްސަލަ ނިމުމުން ޑިޕޮސިޓް ބެހެއްޓި ފަރާތާއި ޑިޕޮސިޓް ފައިސާއިން
 
-   ދޭންޖެހޭ ފަރާތަށް ފައިސާ ދިނުމަށްޓަކައި ކޯޓަށް ޙާޟިރުވި ދުވަސްތައްބަލާ ހިސާބުކޮށް، ލިބެންޖެހޭ ފައިސާގެ ޢަދަދު ކަނޑައެޅުން.
 
- މައްސަލަ ބޭއްވުމަށްޓަކައި ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުކުރަންޖެހޭ ފަރާތްތަކަށް ކޯޓަށް ޙާޟިރުވުމުގެ އަމުރު ފޮނުވުން.
 
- ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުކުރެވޭ މީހުން ޙާޟިރުވުމުން އެފަރާތްތަކުގެ ކޯޓު އަމުރުތަކާއި ޙަވާލުވެ، އެމީހުން ޝަރީޢަތުގެ މަޖިލީހަށް ވެއްދުމުގެ އިންތިޒާމުތައް ހަމަޖެއްސުން.
 
- ޝަރީޢަތުގެ މަޖިލީހަށް ޙާޒިރުކުރެވޭ ފަރާތްތައް ސޮއިކުރަންޖެހޭ ބަޔާންތަކާއި ލިޔުންތަކުގައި  ސޮއިކުރުވުން.
 
- ޝަރީޢަތް އަޑުއަހަން ޙާޟިރުވާ ފަރާތްތަކުގެ ނަން ނޯޓްކުރުމާއި ޝަރީޢަތުގެ މަޖިލީހަށް ވަނުމުގެ އިންތިޒާމް ހަމަޖެއްސުން.
 
- މައްސަލަތަކާ ގުޅިގެން އެކިއެކި ފަރާތްތަކުން ފޮނުވާ ސިޓީތަކަށް، ފަނޑިޔާރުން އަންގަވާ ގޮތެއްގެމަތިން ޖަވާބު ތައްޔާރުކުރުމާއި އެފަދަ ލިޔުންތައް ފައިލް ކުރުން
 
-  މައްސަލަތަކާއި ގުޅިގެން އަންނަ ފޯންކޯލްތަކަށް ޖަވާބުދިނުން
 
-  މައްސަލާގައި ވަކާލާތުކުރުމަށް އަންނަ ވަކީލުން އެދޭގޮތެއްގެމަތިން، ފަނޑިޔާރުގެ މަޝްވަރާއާއެކު އެފަރާތްތަކަށް ޗުއްޓީދިނުން.
 
-  މައްސަލަތަކާ ގުޅިގެން އަމިއްލަ ފަރާތްތަކާއި ސަރުކާރުގެ އިދާރާތަކަށް ފޮނުވަންޖެހޭ ސިޓީ އާއި މެސެޖްފަދަ ތަކެތި ލިޔެފޮނުވުން.
 
-  މައްސަލަ ނިމުމުން، މައްސަލަ ނިމުނުކަން އަންގަންޖެހޭ ފަރާތްތަކަށް އެންގުން.
 
-  ސެކްޝަނަށް ލިބޭ ލިއުންތަކަށް އެޅޭ ފިޔަވަޅުނޯޓްކޮށް ލިއުންތަކުގެ ރަޖިސްޓްރީ ބެލެހެއްޓުމާއި ދުވަހު ޔައުމިއްޔާ ލިއުން.
 
-  ރެކޯޑް ބެލެހެއްޓުން.
 
- ފަނޑިޔާރުގެ ކޮޓަރިކޮޅުގެ އެންމެހާ އިންތިޒާމްތައް ހަމަޖެއްސުމާއި ތަޅުދަނޑި ރައްކާތެރިކަމާއެކު ބެލެހެއްޓުން.
 
 
 | 
| 
 ތަޢުލީމީ ރޮނގު 
 | 
 އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް / ހިއުމަން ރިސޯސް / މަޤާމާއި ގުޅުންހުރި އެހެނިހެން ތަޢުލީމީ ރޮނގުތައް 
 | 
| 
   
  
ގުޅޭ ވަޒީފާގެ ދާއިރާތައް 
 | 
 ބިޒްނަސް އެޑްމިނިސްޓްރޭޝަން / ހިއުމަން ރިސޯސް މެނޭޖްމަންޓް / މެނޭޖްމަންޓް 
 | 
| 
 ވަޒީފާއަށްއެދި ހުށަހަޅަންޖެހޭ ތަކެތި 
 | 
- ހައިކޯޓުން ކޯޓުން ދޫކުރާ ވަޒީފާއަށް އެދޭފޯމު.
 
- ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު.
 
- ވަޒީފާއަށް އެދޭފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
 
- ޖީސީއީ އޯލެވެލް އަދި އޭލެވެލް ސެޓްފިކެޓް ތަކުގެ ކޮޕީ.
 
- ލިބިފައިވާ މަތީ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.
 
- ކުރުމުއްދަތުގެ ޓްރެއިނިންގ ޕްރޮގްރާމްތަކާއި، ކޯސްތަށް ފުރިހަމަކުރިކަމުގެ ލިޔުންތަކުގެ ކޮޕީ.
 
- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖެއިން ބޭރުގެ ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން  ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް ހުށަހެޅުމާއި، އަދި ސެޓްފިކެޓް ލިބިފައިވާ ފަރާތްތަކުން ސެޓްފިކެޓް އެކްރެޑިޓްކޮށް ހުށަހެޅުން.
 
- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖޭގައި ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުން ހުށަހެޅުމަށާއި، އަދި ފުރިހަމަކޮށްފައިވާ ކޯހަކީ ރާއްޖެއިން ބޭރުގެ ޔުނިވަރސޓީއަކާ ގުޅިގެން ރާއްޖޭގައި ތައުލީމުދޭ މަރުކަޒަކުން ކުރިއަށް ގެންގޮސްފައިވާ ކޯހެއް ނަމަ އެކަން އެނގޭނެ ރަސްމީ ލިޔުމާއެކު ސެޓްފިކެޓް ހުށަހެޅުން.
 
- އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އިނގޭނެ ލިޔުންތަކުގެ ކޮޕީ.
 
- 10.  ވަޒީފާއަށް ކުރިމަތިލާ ފަރާތަކީ އެހެން ވަޒީފާއެއް އަދާކުރާ ފަރާތެއްނަމަ، ސުޕަވައިޒަރު ދޫކޮށްފައިވާ ރެފަރަލް ލެޓަރގެ ކޮޕީ. (ހާޟިރީ ރިޕޯޓް، އެޕަރައިސަލް މާކްސް ހިމަނާފައި)
 
- އަލަށް ވަޒީފާއާ ގުޅޭ މީހުންނާއި، GS3 ރޭންކުން ފެށިގެން ދަށުގެ ވަޒީފާތަކަށް ކުރިމަތިލާ މީހުން ސްކޫލް ލީވިންގ ސެޓްފިކެޓްގެ ފޮޓޯ ކޮޕީ.
 
 
  
 | 
| 
 އިތުރު އިރުޝާދު 
 | 
- ކޯސް ނިމި ސެޓްފިކެޓް ލިބިފައިނުވާނަމަ، ކޯސް ނިންމާފައިވާކަމަށް ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކުރާ ލިއުމާއި، ޓްރާންސް ކްރިޕްޓާއި، އެކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ކޯހެއްކަމާއި، އެކޯހުގެ ސެޓްފިކެޓް ލިބުމުން އެފަރާތެއްގެ ސެޓްފިކެޓް ކޯހަށް ކަނޑައެޅިފައިވާ ލެވެލްގައި އެކްރެޑިޓް ކޮށްދެވޭނެކަން އެނގޭފަދަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ލިއުމަކާއި އެކު ހުށަހަޅަންވާނެއެވެ.
 
- ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަވާޢިދުގެ 86 ވަނަ މާއްދާގައިވާ ގޮތުގެ މަތީން މިމަޤާމަށްހޮވޭ މުވައްޒަފު ދާއިމީ ކުރެވޭނީ 03 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތުގައި އެމުވައްޒަފުގެ ޕާރފޯމެންސްއަށް ބެލުމަށްފަހުގައެވެ.
 
- ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މި އިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
 
- މަތީގައިވާ މަޤާމްގެ އިންޓަރވިއުއަށް ދަޢުވަތުދެވޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ޙާޟިރުވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަޞްލު ގެންނަންވާނެއެވެ.
 
 
  
 | 
| 
 ޕޮއިންޓް ދެވޭ ގޮތް 
 | 
 -       ލިބިފައިވާ ތަޢުލީމާއި ތަމްރީން %30 
-       ލިބިފައިވާ ތަޖުރިބާ  
-       މަސައްކަތަށް ބޭނުންވާ ހުނަރު  
-       ލިބިފައިވާ ހުނަރާއި ފެންވަރާއި ސިފަތައް ބެލުމަށް ކުރެވޭ އިންޓަވިއު %50 
  
 | 
| 
 ސުންގަޑި  
 | 
 21 ޖުލައި 2022 ވަނަ ދުވަހުގެ 13:00 ގެ ކުރިން ދިވެހިރާއްޖޭގެ ހައިކޯޓު (ތީމުގެ، އާބުރުޒުހިނގުން) ހުށަހަޅަންވާނެއެވެ. އީމެއިލް ކުރަން ބޭނުން ނަމަ އީމެއިލް:  [email protected] އަށް އީމެއިލް ކުރުން. 
 | 
| 
 އިތުރު މަޢުލޫމާތު 
 | 
- މިމަޤާމުގެ އިންޓަރވިއުއަށް ދައުވަތުދެވޭނީ ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.
 
 
ވަޒީފާއަށް އެދި ފުރިހަމަކުރަންޖެހޭ ފޯމް ހައިކޯޓުގެ ކައުންޓަރުން ލިބޭނެއެވެ. އަދި މީގެ އިތުރުން ހައިކޯޓުގެ ވެބްސައިޓުން  (www. highcourt.gov.mv) ޑައުންލޯޑް ކުރެވޭނެއެވެ. ނަންބަރު 3325029 އިން އިތުރު މަޢުލޫމާތު ލިބޭނެއެވެ. 
  
 |