ދިވެހިރާއްޖެ
ނަންބަރ: ASND/PRC/IUL/2022/0041
މި ކުންފުނީގައި ބޭނުންކުރަމުން އަންނަ ސިސްކޯ ފަޔަރޕަވަރ ސަބްސްކްރިޕްޝަން އައުކޮށްދޭނެ ފަރާތެއް ހޯދަން 20 ޖޫން 2022 ގައި ކުރި އިޢުލާން ނަންބަރު ASND/PRC/IUL/2022/0036 އަށް އެކަށީގެންވާ އަދަދަކަށް ފަރާތްތަކުން ޝައުޤުވެރިކަން ފާޅުކޮށްފައި ނުވާތީވެ، އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާންކުރަމެވެ. މި މަސައްކަތާ ގުޅޭ މައުލޫމާތު ކަރުދާސް މި އިޢްލާނާއި އެކު ގެޒެޓުގައި ޝާއިޢުކުރެވިފައި ވާނެއެވެ. މީގެއިތުރުން މިކުންފުނީގެ ވެބްސައިޓުންވެސް ލިބިވަޑައިގަންނަވާނެއެވެ
. ވީމާ، މި މަސައްކަތަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 19 ޖުލައި 2022 ވާ އަންގާރަ ދުވަހުގެ 15:30 ގެ ކުރިން ރެޖިސްޓްރީ ކުރެއްވުން އެދެމެވެ. ރެޖިސްޓްރީ ކުރެއްވުމަށް، [email protected] އަށް ކުންފުނީގެ ނަމާއި، ގުޅޭނެ ފަރާތެއްގެ ފުރިހަމަ ނަމާއި ފޯނު ނަމްބަރު، އައިޑީ ކާޑު ނަމްބަރު އަދި އީމެއިލް އެޑްރެސް ޖެއްސެވުމަށްފަހު މެއިލް ކުރެއްވުން އެދެމެވެ.
21 ޖުލައި 2022 ވާ ބުރާސްފަތި ދުވަހުގެ 14:00 ގައި ވެބް މީޓިންގ އެއް މެދުވެރިކޮށް އަންދާޒީ ހިސާބު ހުށަހެޅުއްވުން އޮށްނާނެއެވެ. ވެބް މީޓިންގގެ ލިންކް، ރެޖިސްޓްރީކުރައްވާފައިވާ ފަރާތްތަކަށް މެއިލްގެ ޒަރިއްޔާއިން ލިބިވަޑައިގަންނަވާނެއެވެ. އަންދާސީ ހިސާބު ފޮނުވާނީ މެއިލްގެ ޒަރިއްޔާއިން މި ދެންނެވި މީޓިންގގައެވެ.
ކަނޑައެޅިފައިވާ ސުންގަޑި އަށް ރެޖިސްޓްރީ ކޮށްފައިނުވާ ފަރާތްތަކާއި ވެބް މީޓިންގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައެއް ނުގަނެވޭނެވެ.
06 ޖުލައި 2022
ޕްރޮކިޔުމެންޓް ސެކްޝަން
ފެން ބިލްޑިންގ، 3ވަނަ ފަންގިފިލާ
އަމީނީ މަގު، މައްޗަންގޯޅި، 20375
މާލެ، ދިވެހިރާއްޖެ
އީމެއިލް: [email protected] ވެބްސައިޓް: www.aasandha.mv ފޯން: 3011483