ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ކަނޑުމަގުން ގެންދާ މުދާ ބޯޓުން ބާލައިގެން ގުދަންތަކަށް ގެންގޮސްދޭނެ ފަރާތެއް ހޯދަން

އަންދާސީހިސާބު ބޭނުންވެއްޖެ

އެސްޓީއޯ ޏ.ފުވައްމުލަކު ފިހާރައަށް ކަނޑުމަގުން ގެންދާ މުދާ ބޯޓުން ބާލައިގެން ގުދަންތަކަށް ގެންގޮސްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2014 އޮކްޓޫބަރު 13 ވަނަ ދުވަހުގެ 11:00 އަށް އެސްޓީއޯ ޏ.ފުވައްމުލަކު ފިހާރައަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2014 އޮކްޓޫބަރު 20 ވަނަ ދުވަހުގެ 11:00 އަށް އަންދާސީހިސާބު، އެފަރާތުގެ ފުރިހަމަ މަޢުލޫމާތާއި ޚިދުމަތްތަކުގެ ތަފުސީލު ޕްރޮފައިލަކާއެކު އެފިހާރައަށް ހުށަހެޅުއްވުން އެދެމެވެ.

މަޢުުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑި ޖެހިގެން ހާޒިރުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ހޯދުމަށް ގުޅުއްވާނީ:

ފޯން: 3344196, 3344318

ފެކްސް:  3344633

އީމެއިލް: [email protected]

08 ޛުލްޙިއްޖާ 1435

02 އޮކްޓޫބަރު 2014
ހޯދާ