ދިވެހިރާއްޖެ
ބިޑް ހުށަހެޅުމުގެ ދަޢުވަތު
ކ.މަނިޔަފުށްޓަށް ބްރޫޑް ސްޓޮކް އަދި އެގް ކަލްކްޝަން ޓޭންކް ޑެލިވަރީކޮށް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ
1. ދިވެހި ސަރުކާރުން ވާރލްޑް ބޭންކްގެ އެހީގައި ހިންގަމުންދާ ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑިވެލޮޕްމެންޓް ޕްރޮޖެކްޓްގެ ދަށުން، ކ.މަނިޔަފުށްޓަށް ބްރޫޑް ސްޓޮކް އަދި އެގް ކަލެކްޝަން ޓޭންކް ޑެލިވަރީ ކޮށް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
2. ވީމާ މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ބޭނުމަށް ކ.މަނިޔަފުށްޓަށް ބްރޫޑް ސްޓޮކް އަދި އެގް ކަލެކްޝަން ޓޭންކް ޑެލިވަރީ ކޮށް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބިޑް ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ފަރާތްތަކަށް ހުޅުވާލަމެވެ.
3. މި ޕްރޮޖެކްޓްގެ ޕްރޮކިއުމެންޓް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ނޭޝަނަލް ކޮމްޕެޓެޓިވް ޕްރޮކިއުމެންޓް އުސޫލުގެ މަތިން، ވާރލްޑް ބޭންކުގެ ރިކުއެސްޓް ފޯ ބިޑްސް (ވަން އެންވެލޮޕް) މެދުވެރިކޮށް "ޕްރޮކިއުމެންޓް ރެގިއުލޭޝަން ފޮރ އައި.ޕީ.އެފް.ބޮރޯވަރސް" ޖުލައި 2016 ގައި ޝާއިރުކޮށް ނޮވެމްބަރ 2017 އަދި އޮގަސްޓް 2018 ގައި އިސްލާހުކޮށްފައިވާ (ޕްރޮކިއުމެންޓް ރެގިއުލޭޝަން) އާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
4. މިކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދުމަށް ތިރީގައިވާ އީމެއިލް އެޑްރެހަށް ލިޔުމަށް އެދެމެވެ.
5. ބިޑް ހުށަހަޅުއްވަންވާނީ 31 ޖުލައި 2022 ވަނަ ދުވަހުގެ 12:30 ގެ ކުރިން ތިރީގައިވާ އެޑްރެހަށެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައި ނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބިޑް ހުޅުވަން ހަމަޖެހިފައިވަނީ 31 ޖުލައި 2022 ވަނަ ދުވަހުގެ 12:30 ގައި ހާޒިރުވެ ތިއްބެވި ބޭފުޅުންގެ ހާޒިރުގައި ތިރީގައިވާ އެޑްރެހުގައެވެ.
6. މިމަޝްރޫޢުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި 30,000.00 (ތިރީސް ހާސް) ދިވެހި ރުފިޔާ ނުވަތަ ޔޫ.އެސް.ޑޮލަރު 2000.00 (ދެހާސް) ހުށަހަޅަން ޖެހޭނެއެވެ.
ތިރީގައި އެވަނީ މަތީގައި ބަޔާންކުރެވިފައިވާ އެޑްރެހެވެ.
ފާތިމަތު އަޒްމާ
ފައިނޭންސް މެނޭޖަރ
ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑިވެލޮޕްމެންޓް ޕްރޮޖެކްޓް
ހ.ވައިޓްވޭވްސް
މޫންލައިޓް ހިނގުން
ފޯން: 3322328