އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ކޮމްޕިއުޓަރ ސޮފްޓްވެއަރ ގަންނަން

އަންދާސީހިސާބު ބޭނުންވެއްޖެ                            

މިހޮސްޕިޓަލަށް ތިރީގައި މިދަންނަވާ ކޮމްޕިއުޓަރ ސޮފްޓްވެއަރ ގަންނަން ބޭނުންވެއްޖެއެވެ.

#

Item Description

1

Microsoft Licenses

Microsoft System Configurations Manager for 10 Servers

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 14 އޮކްޓޫބަރު 2014 ވާ އަންގާރަ ދުވަހުގެ 11:00 އަށް މިހޮސްޕިޓަލުގެ ކޮންފަރެންސް ހޯލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

  • މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ:

  ފޯނު: 3335399 / އީމެއިލް: [email protected]

އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުން ސަމާލުކަންދޭންވީ ކަންތައްތައް:

1. ޚިިދުމަތް ދޭ ފަރާތަކީ، އެ ޚިދުމަތެއް ފޯރުކޮށްދިނުމަށް ހުއްދަ ލިބިފައިވާ، ދާއިމީގޮތެއްގައި ހިނގަމުންދާ ތަނަކަށްވުން. އަދި ސަރުކާރުގެ ގަވާއިދާ އެއްގޮތްވާގޮތުގެމަތިން، ސަރުކާރުގެ ތަންތަނަށް މަސައްކަތްކޮށްދިނުމަށް އެެއްބާރުލުމަށް އެއްބަސްވާ ފަރާތެއް ކަމުގައިވުން.

2. ޚިދުމަތް ދޭ ފަރާތާއި، ތިމާގެކަމުގެ ނުވަތަ ވިޔަފާރީގެ އެއްވެސް ގުޅުމެއް، މިތަނުގެ ވެރިޔަކާ އޮތްކަމުގައިވާނަމަ، އެކަމުގެ ސާފު މަޢުލޫމާތު އެނގޭނޭ ލިޔުމެއްގައި ސޮއިކޮށް ހުށަހެޅުން. މިފަދަ ލިޔުމެއް ނުދީހުއްޓާ އެކަން އެނގުން އެއީ އެފަރާތުގެ ބީލަން ބާޠިލު ކުރެވޭނެކަމެއް.

3. ހުށަހަޅާ އަގުތަކާއި މިތަނުން އަންދާޒާ ކުރާ އަގާ އަޅާބަލާއިރު ހުށަހަޅާ އަގުތަކަކީ މަސައްކަތަށް އެކަށީގެންވާ އަގުތަކެއް ކަމުގައިވުން.

4. އަގު ހުށަހަޅާއިރު މުޅި ޕްރޮޖެކްޓްގެ ޖުމްލަ އަދަދު އެނގެން އޮންނަންވާނެއެވެ.

5. އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކާ ފަސޭހައިން ގުޅޭނެ ފޯނުނަންބަރު، ފެކްސް ނަންބަރު، އީމެއިލް އެޑްރެސް ފަދަ ގުޅޭނެގޮތްތައް ބަޔާންކޮށް ހުށަހަޅާ ފަރާތުގެ ފުރިހަމަ އެޑްރެސް އެނގެން އޮންނަންވާނެއެވެ.

6. އަންދާސީހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައި ކަނޑައެޅިފައިވާ ގަޑީގައެވެ.

7. ހުށަހަޅާފައިވާ މަޢުލޫމާތުތަކުގައި ޙަޤީޤަތާއި ޚިލާފު މަޢުލޫމާތެއްވާނަމަ، އެފަރާތުގެ ބީލަން ބާޠިލު ކުރެވޭނެ.

8. ހުށަހަޅާފައިވާ މަޢުލޫމާތުތަކުގައި ޙަޤީޤަތާއި ޚިލާފު މަޢުލޫމާތެއްވާނަމަ، އެފަރާތުގެ އަންދާސީހިސާބު ބާޠިލު ކުރެވޭނެއެެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. 9. މާލީގޮތުން މިމަސައްކަތް ކުރެވޭނެ ފެންވަރުގެ ފަރާތެއްކަން އަންގައިދޭ ލިޔުމެއް ހުށަހެޅުން.(2014 ވަނަ އަހަރުގެ (ޖޫންމަހުން އޯގަސްޓް މަހުގެ ނިޔަލަށް) ތިންމަސްދުވަހުގެ ބޭންކް ސްޓޭޓްމަންޓް ނުވަތަ ވޭތުވެދިޔަ އަހަރުގެ އޯޑިޓް ރިޕޯރޓް)

10. މީގެ ކުރިން ކޮށްފައިވާ މިބާވަތުގެ މަސައްކަތް ހިނގާފައިވާގޮތާއި މަސައްކަތުގެ ބޮޑުކުޑަމިން ) ވޭތުވެދިޔަ އަށާރަ މަސްދުވަހު ކޮށްފައިވާ 3 ފަރާތުގެ މަސައްކަތުގެ އަގާއި، ރެފަރެންސް ލެޓަރ)

11. ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ސެޓުފިކެޓު

  އިތުރު ބަޔާން

  • މިބިޑް އެވޯޑްކުރެވޭ ފަރާތުން ނުވަތަ ފަރާތްތަކުން ގަވާއިދުން ޕެންޝަން ސްކީމަށް ފައިސާ ދައްކަމުންދާ ފަރާތެއްކަން އަންގައިދޭ ލިޔުން ހުށަހަޅަންވާނެއެވެ. ހުށަހެޅެން ނެތް ފަރާތްތަކުން ސަބަބު ބަޔާންކޮށް އެކަން އެންގުމަށްވެސް ދަންނަވަމެވެ.
  • ބިޑަށް ހުށަހަޅަންޖެހޭ ލިޔުންތައް ހުށަނާޅާ ފަރާތްތަކުގެ ބިޑް ކެންސަލްކުރުމުގެ އިޚްތިޔާރު މިހޮސްޕިޓަލަށް ލިބިގެންވެއެވެ.

މަސައްކަތް ހަވާލުކުރާނެ ފަރާތެއް ހޮވުމަށް ހަމަޖެހިފައިވަނީ، ޕްރޮޕޯޒަލްތައް އިވެލުއޭޓް ކުރުމުގައި ތިރީގައި މިދަންނަވާ އުސޫލުން މުޅި ޕްރޮޕޯޒަލް ދިރާސާ ކުރުމަށްފަހު އެންމެ އެކަށީގެންވާ ފަރާތެއްކަމަށް ނިންމޭ ފަރާތަކަށެވެ.

ޕޮއިންޓް ދެވޭނެ މިންގަނޑުތައް

ޕޮއިންޓް ބަހާލެވޭ ގޮތް

ޕޮއިންޓް ދެވޭގޮތް

 

35%

އަގު

1

5%

މާލީ ގޮތުން ޤާބިލުކަން ހުރި މިންވަރު

2

25%

ތަޖުރިބާ

3

35%

މުއްދަތު

4

 

 

 

 

                08  ޛުލްޙިއްޖާ  1435

02 އޮކްޓޫބަރު 2014
ހޯދާ