ދިވެހިރާއްޖެ
އިޢުލާން ނަންބަރ (IUL)MS-SAD/1/2022/77
ބީލަން ހުށަހެޅުމުގެ ދަޢުވަތު
1- 2022 ވަނަ އަހަރުގެ ގެ ދިރާސީ އަހަރަށް މަޖީދިއްޔާ ސްކޫލް ދަރިވަރުންގެ އެކްޓިވިޓީ ޔުނިފޯމް، ސްކޫލުން ދެއްވާ ނަމޫނާ އާއި އެއްގޮތަށް ތައްޔާރުކޮށް، ދަރިވަރުންނަށް ފޯރުކޮށްދޭނެ ދެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
2- މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ. މިބީލަމަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ އިތުރު ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
3- މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 6 ޖުލައި 2022 އިން 19 ޖުލައި 2022 އަށް ތިރިގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
4- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 18 ޖުލައި 2022 ވަނަ ދުވަހުގެ 11:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
5- މި ޕްރޮޖެކްޓާއި ބެހޭގޮތުން ޕްރީބިޑް މީޓިންގ ބޭއްވުމަށް ހަމަޖެހިފައެއް ނުވެއެވެ.
6- ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 21 ޖުލައި 2022 ވަނަ ދުވަހުގެ 13:00 ގައި މަޖީދިއްޔާ ސްކޫލް މީޓީންގ ރޫމްގައެވެ.
7- މި ޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
8- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
މަޖީދިއްޔާ ސްކޫލް
އަމީރު އަޙްމަދު މަގު، މާލެ، ދިވެހިރާއްޖެ.
ފޯން: 3322457.3324691
އީ-މެއިލް: [email protected]