މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއްގަމު ލައިސަންސަށް އެދޭ ފޯމް ދޫކުރުމާއި ބަލައިގަތުމާއި ބެހޭ

މިއިދާރާގެ ނަންބަރ: (IUL)322/230/2022/2 އިޢުލާނުގައިވާ އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ޒޯން ލައިސަންސް ހޯދުމަށް ފޯމް ހުށަހެޅުމުގެ ފުރުސަތުވަނީ އިތުރުކުރެވިފައެވެ. ވީމާ އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ޒޯން ލައިސަންސް ހޯދުމަށް މި އިދާރާގައި ނޯޓް ކުރައްވާ ފައިވާ ފަރާތްތަކުގެ ތެރެއިން ފޯމް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން 08 އޮގަސްޓް 2022 ން 11 އޮގަސްޓް 2022 ގެ 12:00 ގެ ކުރިން މި އިދާރާއަށް ފޯމް ހުށަހެޅުއްވުން އެދެމެވެ.    

           އެއްގަމު ލައިސަންސަށް އެދޭ ފޯމް މިއިދާރާއިން އަދި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އަދި ސިވިލް އޭވިއޭޝަންގެ ވެބްސައިޓުން ލިބެންހުންނާނެއެވެ.  

 

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

06 ޛުލްޙިއްޖާ 1443

06 ޖުލައި 2022
ހޯދާ