މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
މަސައްކަތު

ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.

މަޤާމު

މަސައްކަތު

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

އެސް. އެސް 1

ސަޕޯޓް ސްޓާފް ގްރޭޑް 1

މުސާރައާއި އިނާޔަތްތައް

މުސާރަ: -/3,100 ރ ، ސަރވިސް އެލަވަންސް: -/1,000 ރ

( އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ. )

ވަޒީފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން

ބ. އޭދަފުށި / މާޅޮސްމަޑުލު ދެކުނުބުރީ ބަޔޮސްފިއަރ ރިޒާރވް އޮފީސް/ މާލެ

ބޭނުންވާ އަދަދު

01

ޝަރުޠު

  1. ލިޔަން ކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ލިބިފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ސެކްޝަންތަކާ ޙަވާލުކުރަންޖެހޭ ލިޔެކިޔުންތައް ޙަވާލުކުރުން.
  2. އޮފީސް ޢިމާރާތާއި ފަރުނީޗަރ އަދި ހިފާ ގެންގުޅޭ ތަކެތި ފޮޅައި ސާފުކުރުން.
  3. އެކިއެކި ބޭނުންތަކަށް އޮފީހަށް ހާޒިރުކުރަން ބޭނުންވާ މީހުންނަށް ހާޒިރުވުމަށް އެންގުން.
  4. މިނިސްޓްރީން ގުދަނަށް ގެންދަންޖެހޭ ތަކެތި ގެންދިއުމާއި، ގުދަނުން މިނިސްޓްރީއަށް ގެންނަޖެހޭ ތަކެތި ގެނައުން. 
  5. ތަނުގެ މުވައްޒަފުން ބޭނުންކުރާ ފާޚާނާތެރެއާއި ފާޚާނާގެ ސަރަޙައްދު މޮޕްލައި ސާފުކުރުމާއި، ފާޚާނާއަށް ބޭނުންވާ ސައިބޯނި، ޓޮއިލެޓް ޕޭޕަރ ބެހެއްޓުން.                           
  6. އިމާރާތްތަކުގެ ފުލޯތައް ކަހައި މޮޕްލައި ސާފުކުރުން.       
  7. ކާޕެޓް، ޑޯމެޓްތައް ސާފުކޮށް އަދި ކުނިތައް އުކާލުން.
  8. ދޮރާއި ކުޑަދޮރުތަކުގެ ބިއްލޫރިތައް ސާފުކުރުން.
  9. ހަނިފަރުގައި މަސައްކަތް ކުރުން.
  10. އޮފީސް ދަތުރުތަކުގައި ބައިވެރިވުން.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީގެ ނަންބަރު 3018329، 3018330، 3018328 އަށް ގުޅުއްވުން އެދެމެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  1. ފުރިހަމަ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން.
  2. އުމުރުން 45 އަހަރުން ދަށުގެ މީހެއްކަމުގައިވުން.
  3. ވަޒީފާއާބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދު އަދި މާލިއްޔަތާބެހޭ ގަވާއިދަށް އަހުލުވެރިވެފައިވާ މިންވަރު.

ހުށަހަޅަންޖެހޭ ތަކެތި:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ( ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑްވެސް ކުރެވޭނެއެވެ. )
  • ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • ސިވިލް ސަރވިސްގައި މަސައްކަތް ކުރާ މުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އެ އިދާރާއަކުން  އިއުތިރާޒު ނުކުރާކަމުގެ ލިޔުން.
  • ލިބިފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ( އެކްރެޑިޓް ކުރެވިފައިވާ ) ފޮޓޯކޮޕީ
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީ
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
    • މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.
  • ސުންގަޑި: 14 އޮކްޓޫބަރު 2014 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން މާޅޮސްމަޑުލު ދެކުނުބުރީ ބަޔޮސްފިއަރ ރިޒާވް އޮފީހަށް.
  • އިންޓަރވިއު އާއި އިމްތިޙާންކުރުން 15 އޮކްޓޫބަރު 2014 އާއި 30 އޮކްޓޫބަރު 2014 އާ ދޭތެރޭގައި މާޅޮސްމަޑުލު ދެކުނުބުރީ ބަޔޮސްފިޔަރ ރިޒާވް އޮފީހުގައި އޮންނާނެއެވެ.

05 ޛުލްޙިއްޖާ 1435

29 ސެޕްޓެންބަރު 2014
ހޯދާ