ދިވެހިރާއްޖެ
މާވަށު ސްކޫލް ދަރިވަރުންގެ އެކްޓިވިޓީ ޔުނިފޯމާ ގުޅޭ
ބެލެނިވެރިންނަށް އެކްޓިވިޓީ ޔުނިފޯމް އާއި ޓައީ ފޯރުކޮށްދިނުމަށް ކުރި އިޢުލާން (ނަންބަރ GS-49/IU/2022/07) ގުޅިގެން ބިޑް ހުށައަޅާފައިވަނީ އެންމެ ފަރާތަކުންނެވެ. މިފަރާތުގެ ހުށައަޅަންޖެހޭ ހުރިހާ ލިޔެކިޔުމެއް ހަމައަށް ހުށައަޅާފައިވާތީ ބިޑް ކޮމެޓީއަށް ވަނީ މި ބިޑް ބަލަގައިގަނެފައެވެ. ނަމަވެސް މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސަރކިޔުލަރ ސިޓީ ނަންބަރ 22-E/CIR/2020/57 އިން އެކްޓިވިޓީ ޔުނިފޯމް ތައްޔާރުކޮށްދޭނެ ފަރާތެއް ކަނޑައަޅާނީ ހުޅުވާލެވިފައިވާ ބީލަމެއްގެ ތެރެއިން އެއްފަރާތަށް ވުރެ ގިނަފަރާތަށް ފުރުޞަތު ލިބޭގޮތަށް ކަމަށްއޮންނާތީ، މިހާރު ނަގާފައިވާފަރާތުގެ އިތުރުން އަދި މިމަސައްކަތް ކޮށްދޭނެ އިތުރު ފަރާތެއް ހޯދަން ބޭނުން ވެއެވެ. ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެ ލައްވާ ފަރާތްތަކަށް މިފުރުޞަތު ހުޅުވާލަމެވެ.
މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ، ޤާނޫނު ނަންބަރ 8/20141 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަންބަރު19/2014 (އަމިއްލަ ފަރުންދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
މިބީލަމުގައި ބައިވެރިވާންއެދޭ ފަރާތްތަކުން 06 ޖުލައި 2022 އިން 21 ޖުލައި 2022 ވާ ބުރާސްފަތި ދުވަހުގެ 12:00 އާއި ހަމައަށް ބަންދުނޫން ކޮންމެ ދުވަހަކު 8:00 އިން 12:00 އަށް މިސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.
މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 21 ޖުލައި 2022 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިސުކޫލުގެ ނަންބަރ (6800010) އަށް ގުޅައި ސާފުކުރަންވާނެއެވެ. ބިޑް ހުޅުވުން އޮންނާނީ 24 ޖުލައި 2022 ވާ އާދީއްތަ ދުވަހުގެ 10:00 ގައި މާވަށު ސުކޫލުގައެވެ.
މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6800010 ނަންބަރު ފޯނާއެވެ.