|
ތިރީގައިވާ މަޤާމަށް ކުރެވުނު އިޢުލާން (ނަންބަރު: 2014/09/GS54/IUL) ގެ މުއްދަތު ހަމަވިއިރު ޝަރުޠު ހަމަވާ އެއްވެސް ފަރާތަކުން މި މަޤާމަށް ކުރިމަތިލާފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.
|
|
ވަޒީފާގެ ފުރުޞަތު
|
|
މަޤާމު:
|
އެސިސްޓެންޓް އެޑްމިނިސްޓްރޭޓަރ
|
|
ބޭނުންވާ އަދަދު:
|
01
|
|
ރޭންކް:
|
އެމް.އެސް 02
|
|
ކްލެސިފިކޭޝަން:
|
ސީނިއަރ އޮފިސަރ ގްރޭޑް 2
|
|
މުސާރަ:
|
-/6295
|
|
ސަރވިސް އެލަވަންސް:
|
-/2000
|
|
ގިންތި:
|
ދާއިމީ
|
|
ވަޒީފާ އަދާކުރަންޖެހޭ ތަން:
|
ހުޅުދޫ ސްކޫލް / އައްޑޫ
|
|
|
ޝަރުޠު
1- އެޑްމިނިސްޓރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓރޭޝަން/މެނޭޖްމަންޓުގެ ދާއިރާއެއްގައި4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން،
ނުވަތަ
2- އެޑްމިނިސްޓރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓރޭޝަން/މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން،
ނުވަތަ
3- އެޑްމިނިސްޓރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
ނުވަތަ
4- އެޑްމިނިސްޓރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
|
|
މަޤާމުގެ މަސްޢޫލިއްޔަތު
- ސްކޫލުގެ ބަޖެޓް ޕްލޭންކޮށް މާލިއްޔަތު ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިން ތަންފީޒު ކުރުން
- ސްކޫލުގެ އިދާރީ ކަންތައްތައް ޕްރިންސިޕަލުގެ ލަފާގެ މަތީން މުވައްޒަފުން ލައްވައި ކުރުވުން
- ސްކޫލުގެ މެއިންޓެނަންސް މަސައްކަތްތައް ޕްރިންސިޕަލުގެ ލަފާގެ މަތިން ކުރުވުން
- ތިމާގެ ދަށުގައި ތިބޭ މުވައްޒަފުންނާ ލިއުމުން މަސައްކަތް ހަވާލުކޮށް، ހަވާލުކުރެވޭ މަސައްކަތް އެމުވައްޒަފުން ކުރައްވަމުންދާ މިންވަރާއި ފެންވަރު ވަޒަންކޮށް އެޕްރައިޒަލް ފޯމު ފުރުމާއި، އޭގެ މަޢުލޫމާތު އެ މުވައްޒަފުންނަށާއި ސްކޫލުގެ އިސްވެރިޔާއަށް ގަވާއިދުން ދިނުމާއި، މުވައްޒަފުންގެ މަސައްކަތް ރަނގަޅުކުރަން އަޅަންޖެހޭ ފިޔަވަޅުތައް ޕްރިންސިޕަލްގެ ލަފާގެ މަތީން ގަވައިދުން އަޅަމުންގެންދިއުން
- ސްކޫލުގެ ގޯއްޗާއި ސްކޫލާއި ގުޅިފައިވާ މަގުތަކުގެ ވިނަ ނޮޅައި ސާފުކޮށް ބެލެހެއްޓުވުމާއި، ސްކޫލުގެ ޢިމާރާތްތަކާއި ފަސޭހަތައް ދުވަހުން ދުވަހަށް ފޮޅައި ސާފުކޮށް ރަނގަޅަށް ބެލެހެއްޓޭކަން ކަށަވަރުކުރުން.
|
|
އިނާޔަތްތައް
ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
|
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުން
- ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން
- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން، އަދި މީގެ އިތުރުން ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބެލެވޭނެއެވެ.
|
|
ހުށަހަޅަންޖެހޭ ލިޔުންތައް
- ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު
- ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (އެކްރެޑިޓް ކޮށްފައިވާ) އަދި މަސައްކަތް ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު/ ސީ.ވީ (ގުޅޭނެ ނަންބަރާއެކު).
|
|
ސުންގަޑި:
މަޤާމަށް އެދިލައްވާ ޝަރުޠު ފުރިހަމަވާ ފަރާތްތަކުން 08 އޮކްޓޫބަރ 2014 ވާ ބުދަދުވަހުގެ މެންދުރު 12:00ގެ ކުރިން ސްކޫލުގެ އޮފީހަށް ވަޒީފާއަށް އެދޭ ފޯމު މަތީގައި ދެންނެވިފައިވާ ލިޔުންތަކާއެކު ހުށަހެޅުއްވުން އެދެމެވެ.
މިމަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނެ ތާރީޚާއި ގަޑި އިޢުލާނުގެ މުއްދަތު ހަމަވާތާ ރަސްމީ 3 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.
ނޯޓު: ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބާޠިލުކުރެވޭނެވާހަކަ ދެންނެވީމެވެ.
|
|
އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް:
ފޯން: 6894068، ފެކްސް: 6894574، އީމެއިލް:[email protected]
|
|
29 ޛުލްޤަޢިދާ 1435
|