ދިވެހިރާއްޖެ
އިޢުލާން
ކުނިކޮށި އިމާރާތް ކުރުމުގެ މަސައްކަތާއި ގުޅޭ
މިއިދާރާގެ 254/254/2022/37(IUL) (15 ޖޫން 2022) ނަމްބަރ އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.
މި އިދާރާއިން ދޭ ކުރެހުމާއި އެއްގޮތަށް އަމިއްލަ ތަކެތީގައި ކުނި ކޮށްޓެއް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވަލާއި އެއްގޮތަށް ބިޑް ހުށައެޅުއްވުން އެދެމެވެ. ބީލަން ހުށައަޅާ ފަރާތްތަކުން ކުންފުނި (ވިޔަފާރި/ ޕާރޓްނާރޝިޕް ) ގެ ނަމާއި ވެރިފަރާތުގެ ނަމާއި ގުޅޭނެ ނަންބަރާއެކު ރަޖިސްޓްރީގެ ކޮޕީ ހުށައެޅުމަށް ދަންނަވަމެވެ.
| ތަފްސީލް | ތާރީހް | ގަޑި | ތަން | 
| ބީލަމުގައި ރަޖިސްޓްރީވުން | 17 ޖުލައި 2022 އިން 21 ޖުލައި 2022 އަށް | 9:30 އިން 12:00 އާއި ދެމެދު | ހއ.ތަކަންދޫ ކައުންސިލްގެ އިދާރާ | 
| ޕްރީ ބިޑް މީޓިންގް | 25 ޖުލައި 2022 | 10:00 | ހއ.ތަކަންދޫ ކައުންސިލްގެ އިދާރާ | 
| ބީލަން ހުށަހެޅުމާއި ހުޅުވުން | 02 އޮގަސްޓް 2022 | 10:00 | ހއ.ތަކަންދޫ ކައުންސިލްގެ އިދާރާ | 
މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއި އެކު ގެޒެޓްކުރެވިފައިވާނެއެވެ. ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭފޯމް ކައުންސިލް އިދާރާއިންނާއި ގެޒެޓް އަދި ފޭސްބުކް ޕޭޖުން އިޢުލާނާއިއެކު ލިބެން ހުންނާނެއެވެ. ބީލަން ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ ބީލަން ރަޖިސްޓްރީވުމަށް ދީފައިވައިވާ މުއްދަތުގައި ބީލަމަށް ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. ބީލަމުގައި ރަޖިސްޓްރީވުމަށް ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް ބޭނުންވާ ފޯމް ފުރިހަމަކޮށް ތިރީގައި ދެންނެވިފައިވާ މެއިލް އެޑްރެހަށް މެއިލް ކުރެވިދާނެއެވެ. ނުވަތަ މިއިދާރާއަށްވެސް ހުށަހެޅިދާނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދު ކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚް އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ބިޑް ކެނޑުމުގެ ބައްދަލުވުމަށް ޙާޟިރުވެ ވަޑައިނުގެންނެވޭނަމަ ސިޓީއަކާއެކު ބަދަލުގައި އެހެން ބޭފުޅަކު ފޮނުވިދާނެއެވެ.
މި މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 14 ޖުލައި 2022 ވާ ބުރާސްފަތި ދުވަހުގެ 11:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ.
މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ޤާނޫނު (2014/18) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (2014/19) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.
ތިލަދުންމަތީ އުތުރުބުރީ ތަކަންދޫ ކައުންސިލްގެ އިދާރާ / ހއ.ތަކަންދޫ
އީ-މެއިލް: [email protected]
ފޯން: 6500034
 
                    