ތ.އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

މި ސްކޫލަށް އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ މަޤާމަށް މީހަކު ހޯދުމަށް އިޢުލާން ކުރަމެވެ.

މަޤާމު :

އެޑްމިނިސްޓްރޭޓިވް އޮފިސަރ ( މަޤާމުގެ ނަންބަރ : 121187 )

ބޭނުންވާ އަދަދު :

01 ( އެކެއް )

ރޭންކު :

ޖީއެސް 3

މަޤާމުގެ ކްލެސިފިކޭޝަން :

އޮފިސަރ ގްރޭޑް 1

މުސާރަ :

4،465.00 ރުފިޔާ

ސަރވިސް އެލަވަންސް :

މަހަކު 1،500.00 ރުފިޔާ

ވަޒީފާ އަދާކުރަންޖެހޭ އޮފީހާއި ސެކްޝަން :

ތ.އަތޮޅު ތަޢުލީމީމަރުކަޒުގެ އިދާރާ، ތ. ތިމަރަފުށި

މަޤާމުގެ ފެންވަރު ނުވަތަ ޝަރުޠު / ތަޢުލީމާ، ތަޖުރިބާތައް :

 

 

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

1- އިދާރާއަށް ލިބޭ އެންމެހައި ފައިސާ ބަލައިގަނެ ރަސީދު ހަދައި ދުވަހު ފޮތާއި، އައިޓަމް ބާކީ ފޮތާއި، ތިޖޫރީ ބާކީ އަދި ބަޖެޓް ފައިސާ އެއްނަމަ ބަޖެޓް ފޮތްތަކުގައި ލިޔެ ލިބޭ ފައިސާ ދުވަހުން ދުވަހަށް ތިޖޫރިއާ ހަވާލުވެ ހުރި މުވައްޒަފަކާއި ފައިސާ ހަވާލުކޮށް ސޮއި ކުރުވުން

2- މަހަކު އެއްފަހަރު ތައްޔާރުކޮށް ފޮނުވަންޖެހޭ ބަޖެޓް ރިޕޯޓް ، ބޭންކު ރިކޮންސިލޭޝަން ސްޓޭޓްމަންޓް، ތިޖޫރީ ރިޕޯޓް އަދި އެހެނިހެން ފައިސާގެ ރިޕޯޓްތަކާއި އަދި އަހަރަކު އެއްފަހަރު ފޮނުވަންޖެހޭ މާލީ ހިސާބުގެ ރިޕޯޓް ތައްޔާރުކޮށް ފޮނުވުމާއި، ފައިލްކޮށް ބެލެހެއްޓުން

3- ސްކޫލްގެ އިންވެންޓްރީ ބަރާބަރަށް އަޕްޑޭޓްކޮށް ބެލެހެއްޓުމާއި އިންވެންޓްރީއަށް ވައްދަންޖެހޭ އެއްޗެހި ދުވަހުން ދުވަހަށް އިންވެންޓްރީއަށް ވައްދައި އަދި ނައްތާލަންޖެހޭ އެއްޗެހި ނައްތާލުމާއި ސްޓޮކް ބެލެހެއްޓުން.

4- ސްކޫލާއި ސްކޫލްގެ ބެލުމުގެ ދަށުގައިވާ ތަންތަނުގައި ބާވެ ނައްތާލަންޖެހޭ ތަކެތި ގަވައިދުން ނައްތާލުމާއި، ނީލަން ކިޔަންޖެހޭ ތަކެތި ނީލަން ކިޔުމާބެހޭ ގޮތުން ކުރަންޖެހޭ އެންމެހައި މުޢާމަލާތް ހިންގުން

5- ސްކޫލުން ކުރިއަށް ގެންދާ އިތުރު ހަރަކާތްތަކުގައި ބައިވެރިވުމާއި، ސްކޫލްގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1- ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ

2- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ

3- މަސައްކަތު ހުނަރާއި، ޤާބިލްކަމާއި، ފެންވަރާއި، ބޭނުންވާ ސިފަތައް

އިންޓަވިއު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި މުއްދަތު:

މިމަޤާމަށް ޝަރުޠުހަމަވާ ފަރާތްތަކަށް ބާއްވާ އިންޓަވިއު ބޭއްވުމަށް ހަމަޖެހިފައިވަނީ ތ. އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ. އަދި އިޢުލާނުގެ މުއްދަތު ހަމަވާތާ ރަސްމީ 10 ދުވަހުގެ ތެރޭގައި އިންޓަވިއު އަށް ހާޒިރުވުމަށް އެންގޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މިވަޒީފާއަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން 02 އޮކްޓޫބަރު  2014 ވާ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 14:00 ގެ ކުރިން ވަޒީފާއަށް އެދޭ ފޯމާއެކު ހުށައަޅަންޖެހޭ އެންމެހައި ލިޔުންތައް ތ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އިދާރާއަށް ހުށައެޅުއްވުން އެދެމެވެ.

އުޖޫރައާއި ޢިނާޔަތްތައް:

ދިވެހި ސިވިލް ސަރވިސްގައި ހަމަޖެހިފައިވާ އުސޫލުގެ މަތިން އިތުރުގަޑީގެ ފައިސާއާއި ވަޒީފާއާ ގުޅިގެން ދެވޭ އެހެނިހެން އިނާޔަތްތައް ދެވެނޭއެވެ.

ޗުއްޓީ:

ސިވިލް ސަރވިސްގެ ޤަވާއިދާ އެއްގޮތައް ޗުއްޓީ ލިބޭނެއެވެ.

ހުށައަޅަންޖެހޭ ލިޔުންތައް:

1- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު ( ތ. އަތޮޅު ތަޢުލީމީ މަރުކަޒުންނާއި، ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓް www.csc.gov.mv އިން ލިބެން ހުންނާނެއެވެ. )

2- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއި މެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތައް (އެކްރެޑިޓް ކޮށްފައިވާ) ތަމްރީނުތައް ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

4- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (ދެފުށުގެ ލިޔުންތައް ސާފުކޮށް ކިޔަން އެނގޭ). ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ). ސީވީ ތައްޔާރުކުރަންވާނީ ވަޒީފާއަށް އެދޭ ފޯމާއެކުގައިވާ ނަމޫނާއާ އެއްގޮތަށެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6780015 ނަންބަރ ފޯނާއެވެ. ފެކްސް ނަންބަރަކީ 6780602 އެވެ. އަދި އީމެއިލް އެޑްރެހަކީ [email protected] އެވެ.

GS04/Iu/2014/03 މި މަރުކަޒުގެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރީމެވެ.

25 ސެޕްޓެންބަރު 2014
ހޯދާ