މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ޑިމޮގްރަފިކް އެންޑް ހެލްތު ސާރވޭ ގެ މަސައްކަތްތައް ކުރުމަށްޓަކައި ތިރީގައި މިދަންނަވާ މަޤާމުތަކަށް މީހުން ބޭނުންވެއެވެ. މިވަޒީފާތަކަކީ ކޮންޓްރެކްޓް އުސޫލުން މަސައްކަތްކުރަންޖެހޭ ވަޒީފާއެވެ.

މަޤާމު

ސަރވޭ ޑިރެކްޓަރ

ކޮންޓްރެކްޓްގެ މުއްދަތު

02 އަހަރު  

މުސާރަ

-/13420 ރުފިޔާ

ސަރވިސް އެލަވަންސް

-/2000 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން

މިނިސްޓްރީ އޮފް ހެލްތު

ޑިވިޝަން / ސެކްޝަން

ޕްލޭނިންގ އެންޑް އިންޓަރނޭޝަނަލް ހެލްތު 

ތަޢުލީމާއި ތަޖުރިބާ

ރިސަރޗްގެ ދާއިރާއަކުން މާރސްޓަރ ޑިގްރީ ހާސިލުކުރައްވާފައިވުން ނުވަތަ ބެޗްލަރސް ޑިގްރީއެއް ހާސިލު ކުރައްވާފައިވުމާއެކު ސަރވޭކުރުމުގެ މަސައްކަތުގައި މަދުވެގެން 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

ޑިމޮގްރެފިކް އެންޑް ހެލްތު ސާރވޭގެ މަސައްކަތްތައް ރާވައި ހިންގާބެލެހެއްޓުމުގެ އެންމެހައި މަސައްކަތްތައް ކުރުން.

މަޤާމު

ސަރވޭ މެނޭޖަރ

މީހުން ބޭނުންވާ އަދަދު

3

ކޮންޓްރެކްޓްގެ މުއްދަތު

02 އަހަރު 

މުސާރަ

-/8835 ރުފިޔާ

ސަރވިސް އެލަވަންސް

-/2000 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން

މިނިސްޓްރީ އޮފް ހެލްތު

ޑިވިޝަން / ސެކްޝަން

ޕްލޭނިންގ އެންޑް އިންޓަރނޭޝަނަލް ހެލްތު 

ތަޢުލީމާއި ތަޖުރިބާ

ރިސަރޗްގެ ދާއިރާއަކުން ޑިގްރީ ނުވަތަ ޑިޕްލޮމާއެއް ހާސިލު ކުރައްވާފައިވުމާއެކު ސަރވޭކުރުމުގެ މަސައްކަތުގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

ޑިމޮގްރެފިކް އެންޑް ހެލްތު ސާރވޭގެ އިދާރީ މަސައްކަތްތަކާއި ސަރވޭގެ މީޓިންގތަކާއި ޓްރޭނިންގތައް އެރޭންޖުކުރުމާއި ސާރވޭގެ ފީލްޑްމަސައްކަތްތައް ކޯޑިނޭޓްކޮށް މޮނިޓަރކުރުން.

މަސައްކަތް ކުރަންޖެހޭ ގަޑި

ހެނދުނު 8:00 އިން ހަވީރު 3:00 އަށް

ޢިނާޔަތް

އިތުރުގަޑީގައި މަސައްކަތް ކުރައްވާނަމަ ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ވަޒީފާއަށް އެދޭ ސިޓީ
  2. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ އާއި ވަނަވަރު (އެކްރެޑިޓް ކޮށްފައިވާ އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައިވާ ކޮޕީ)
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ  ވަނަވަރާއެކު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައިވާ ކޮޕީ)
  4. ލިބިފައިވާ މަސައްކަތު ތަޖުރިބާގެ ސާބިތުކޮށްދޭ ލިޔުމާއި ކުރިން ވަޒީފާ އަދާކޮށްފައިވާ ތަނެއްގެ ރިފަރެންސް ލިޔުމުގެ ކޮޕީ

ސުންގަޑި

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 12 އޮކްޓޫބަރު 2014 ވާ އާދިއްތަ ދުވަހުގެ 30:14 ގެ ކުރިން މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ ގައި) އަށް ސިޓީ ހުށަހެޅުއްވުން އެދެމެވެ.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

2014 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގައި

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3014437 އެވެ.

25 ސެޕްޓެންބަރު 2014
ހޯދާ