ރީޖަނަލް އެއަރޕޯޓްސް
ދިވެހިރާއްޖެ
ސެކިއުރިޓީ އޮފިސަރ

މަޤާމު

ސެކިއުރި ޓީއޮފިސަރ

ބޭނުންވާ އަދަދު

03

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް 2

ރޭންކް: އެސް.އެސް.2

މުސާރަ

މަހަކު -/3,470 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1,000 ރުފިޔާ

އިނާޔަތްތައް

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީ ފައިސާ ދެވޭނެއެވެ.

ސެކްޝަން/ޔުނިޓް/ތަން

ހަނިމާދޫ އެއަރޕޯޓް އޮފީސް / ހދ.ހަނިމާދޫ

މަޤާމުގެ މަސްއޫލިއްޔަތު

އެއަރޕޯޓްގެ އެއަރޕޯޓް ސެކިއުރިޓީ ގެ މަސައްކަތްކުރުން.

މަޤާމުގެ ޝަރުޠު

1. މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 2 ގެ ސަނަދެއް ހާސިލު ކޮށްފައިވުން. ނުވަތަ.

2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ.

3. މަޤާމަށް ބޭނުންވާ ތަމްރީނެއް/ ލައިސަންސެއް/ ހުއްދައެއް/ ސަނަދެއް ހާސިލު ކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

4. ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓުގެ ޖުމްލަ އިންސައްތަ %25 އަށްވުރެ މަތިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. އެއަރޕޯޓް ސަރަޙައްދުގެ ނޮން-އޭވިއޭޝަން ސެކިއުރިޓީ ކަންކަން ބެލެހެއްޓުމާއި ޗެކްޕޯސްޓުތަކާއި، ރަށުތެރޭގެ ސަރަޙައްދުތަކުގައި ޑިއުޓީކުރުން.
  2. ގާޑުންގެ ހުރިހާ ޑިއުޓީތަކެއް ރާވައި ސުޕަރވައިޒް ކުރުމާއި ރަށުތެރޭގެ ސެކިއުރިޓީ އޮޕަރޭޝަން ކަންތައްތައް ބެލެހެއްޓުމާއި އެކަންތައްތަކުގައި ޢަމަލީ ގޮތުން ހަރަކާތްރެރިވުން.
  3. އެއަރޕޯޓުން ގެންދެވޭ ތަކެތި، އަދި ގެންނަތަކެތި އެއީ ކޮން އެއްޗެއްތޯ ބަލައި ޗެކުކުރުމަށްފަހު މައްސަލައުޅޭ އެއްޗެއް ކަމަށް ވާނަމަ އެކަން ސެކިއުރިޓީ ޔުނިޓުގެ އިސް މުވައްޒަފަކަށް އެންގުން.
  4. އެއަރޕޯޓުގެ ނޮން-އޭވިއޭޝަން ސެކިއުރިޓީ ކަންތައްތައް ރަނގަޅަށް ހިންގުމަށްޓަކައި ގަވާއިދުން ރަށުތެރޭގައި ސެކިއުރިޓީ ޕެޓްރޯލްކުރުން.
  5. ޑިއުޓީ ފެއްޓުމުގެ 10 މިނެޓްކުރިން ޑިއުޓީ ޕޮއިންޓުތަކަށް ގާޑުން ހާޒިރުވޭތޯ ބެލުމާއި އެއަރޕޯޓުގައި ނަގާ ޤައުމީ ދިދަތައް ހަމަޖެހިފައިވާ ގަޑިތަކުގައި ނަގައި ތިރިކުރޭތޯ ޗެކުކުރުމާއި ގާޑުންގެ މަސައްކަތްތަކަށް ޗެކުކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު ރީޖަނަލް އެއަރޕޯޓްސްގެ ކައުންޓަރުން ނުވަތަ ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓް http://www.csc.gov.mv/2012/01/2449 އިން ލިބެން ހުންނާނެއެވެ.)
  2. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތައް (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  4. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއަކާއި (ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީ.ވީ).

ސުންގަޑި

12 އޮކްޓޫބަރު 2014 ވާ އާދިއްތަ ދުވަހުގެ 15:00 އަށް.

އިންޓަވިއު ބޭއްވުމަށް ކަނޑައަޅާފައިވާ މުއްދަތާއި އޮންނާނެ ތަން

މި އިޢުލާނުގެ މުއްދަތު ހަމަވާތާ އެއްމަސްދުވަސް ތެރޭގައި އިންޓަވިއު ބޭއްވޭނެއެވެ. އިންޓަވިއު އޮންނާނީ ހަނިމާދޫ އެއަރޕޯޓް އޮފީހުގައެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3323776 އެވެ. ފެކްސް ނަންބަރަކީ 3320911 އެވެ. ވަޒީފާއަށް އެދޭ ފޯމު ހުށަހަޅުއްވާނީ ހަނިމާދޫ އެއަރޕޯޓް އޮފީސް / ހދ.ހަނިމާދޫ އަށެވެ. ވަޒީފާއަށް އެދޭ ފޯމު ރީޖަނަލް އެއަރޕޯޓްސްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

ނޯޓް: މި ވަޒީފާއަށް ހުށަހަޅާ ފަރާތްތަކުގެ އަދަދު 15 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަޖުރިބާއަށް ބަލައި ޝޯޓްލިސްޓު ކުރެވޭނެއެވެ.

                                                                     

25 ސެޕްޓެންބަރު 2014
ހޯދާ