ދިވެހިރާއްޖެ
އެކްޓިވިޓީ ޔުނީފޯމް ފެހުމާއި ބެހޭ
މިމަރުކަޒުން ދައްކާ ނަމޫނާ އާއި އެއްގޮތަށް މިމަރުކަޒުގެ ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމް ފޯރުކޮށްދޭނެ ފަރާތެއް 2022 ވަނަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން ކުރިޔަށްއޮތް 03 އަހަރުގެ ނިޔަލަށް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މި ޚިދުމަތް ދިނުމަށް އެދި ބީލަން ހުށައެޅޭނީ ވިޔަފާރި ޤާނޫނު ނަމްބަރު: (2014/18) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި، ޤާނޫނު ނަމްބަރު: (2014/19) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 04 ޖުލައި 2022 އިން 07 ޖުލައި 2022 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 ނަން ނޯޓް ކުރެއްވުން އެދެމެވެ.
މިބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 17 ޖުލައި 2022 ވަނަ ދުވަހުގެ 16:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
ބީލަމާ ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 18 ޖުލައި 2022 ވަނަ ދުވަހުގެ 10:45 ގައި އދ.އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ.
ބީލަން ހުށައަޅާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި " އެކްޓިވިޓީ ޔުނީފޯމް ފަހައިދިނުމަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ. އަދި ހުށައަޅާ ފަރާތުގެ ނަމާއި ފޯން ނަންބަރު ލިޔެފައި އޮންނަންވާނެއެވެ. އީމެއިލްގެ ޒަރީޢާއިން ބީލަން ހުށައަޅާ ފަރާތްތަކުން ބީލަން އީމެއިލް ކުރައްވާނީ ތިރީގައިވާ ސްކޫލުގެ މެއިލް އެޑްރެހަށެވެ. ބީލަން އޮންނަންވާނީ pdf ކޮށްފައެވެ.
ވީމާ އެކްޓިވިޓީ ޔުނީފޯމް ފަހައިދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 25 ޖުލައި 2022 ވާ ހޯމަ ދުވަހުގެ 09:00 އަށް މި މަރުކަޒަށް ދުރުވެ ބީލަން ހުށައެޅުއްވުން އެދެމެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
އދ. އަތޮޅު ތައުލީމީ މަރުކަޒު، އދ މަހިބަދޫ، ދިވެހިރާއްޖެ.
ފޯން: 6680024
އީމެއިލް: [email protected]