ރީޖަނަލް އެއަރޕޯޓްސް
ދިވެހިރާއްޖެ
އެސިސްޓެންޓް ޕްރޮޖެކްޓްސް އޮފިސަރ

މަޤާމު

އެސިސްޓެންޓް ޕްރޮޖެކްޓްސް އޮފިސަރ

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1

ރޭންކް: ޖީ.އެސް.3

މުސާރަ

މަހަކު -/4,465 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1,500 ރުފިޔާ

އިނާޔަތްތައް

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީ ފައިސާދެވޭނެއެވެ.

ސެކްޝަން/ޔުނިޓް/ތަން

ޕްރޮޖެކްޓްސް ސާރވިސަސް ސެކްޝަން، ރީޖަނަލް އެއަރޕޯޓްސް، މާލެ'

މަޤާމުގެ މަސްއޫލިއްޔަތު

ރީޖަނަލް އެއަރޕޯޓްސްގެ ދަށުން ހިނގަމުންދާ ސަރަހައްދީ އެއަރޕޯޓުތަކުގައި ކުރިއަށް ގެންދެވޭ އެކިއެކި މަޝްރޫޢުތަކާބެހޭ މަސައްކަތްތައް ކުރުން.

މަޤާމުގެ ޝަރުޠު

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށް ވެގެން "ޑީ" ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

4. ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓުގެ ޖުމްލަ އިންސައްތަ %30 އަށްވުރެ މަތިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

1. ރީޖަނަލް އެއަރޕޯޓުތަކުގައި ކޮންޓްރެކްޓް އުސޫލުން ހިންގޭ މަޝްރޫޢުތަކުގެ ލިޔެކިޔުންތައް ބެލެހެއްޓުން.

2. ރީޖަނަލް އެއަރޕޯޓުތަކުގައި ކޮންޓްރެކްޓް އުސޫލުން ހިންގޭ މަޝްރޫޢުތައް މޮނިޓަރ ކުރުމަށް ކުރަންޖެހޭ މަސައްކަތްތަކުގައި އެހީތެރިވުން.

3. ރީޖަނަލް އެއަރޕޯޓުތަކުގައި ކޮންޓްރެކްޓް އުސޫލުން ހިންގޭ މަޝްރޫޢުތަކާ ބެހޭގޮތުން ކޮންޓްރެކްޓަރުން ހުށަހަޅާާ މައްސަލަތައް ބަލައި އެކަންކަމަށް ބޭނުންވާ ހައްލު ކަމާބެހޭ ފަރާތްތަކާ ގުޅައިގެން ހަމަޖެއްސުން

4. އެއަރޕޯޓު ތަކުގައި ހިންގާ ޕްރޮޖެކްޓުތަކަށް ބެނުންވާ ތަކެތި ހޯދުމަށް އެދި ފޮނުވާ މެމޯ އަދި ފޯމުތައް ބަލައިގަނެ، ޕްރޮސެސްކުރުން.

5. އެއަރޕޯޓު ތަކުގައި ކުރެވޭ ޢިމާރާތްތަކުގެ ކުރެހުންތައް ތައްޔާރު ކުރުމުގަޔާއި އެއަށް ބޭނުންވާ ބީ.އޯ.ކިޔު. ހެދުމުގައި އެހީތެރިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު ރީޖަނަލް އެއަރޕޯޓްސްގެ ކައުންޓަރުން ނުވަތަ ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓް http://www.csc.gov.mv/2012/01/2449 އިން ލިބެން ހުންނާނެއެވެ.)
  2. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތައް (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  4. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއަކާއި (ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީ.ވީ).

ސުންގަޑި

12 އޮކްޓޫބަރ 2014 ވާ އާދިއްތަ ދުވަހުގެ 15:00 އަށް.

އިންޓަވިއު ބޭއްވުމަށް ކަނޑައަޅާފައިވާ މުއްދަތާއި އޮންނާނެ ތަން

މި އިޢުލާނުގެ މުއްދަތު ހަމަވާތާ އެއް މަސްދުވަސް ތެރޭގައި އިންޓަވިއު ބޭއްވޭނެއެވެ. އިންޓަވިއު އޮންނާނީ ރީޖަނަލް އެއަރޕޯޓްސް، ވެލާނާގެ ބިލްޑިންގ، 11 ވަނަ ފަންގިފިލާ، މާލެ'.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3323776 އެވެ. ފެކްސް ނަންބަރަކީ 3320911 އެވެ. ވަޒީފާއަށް އެދޭ ފޯމު ރީޖަނަލް އެއަރޕޯޓްސްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

ނޯޓް: މި ވަޒީފާއަށް ހުށަހަޅާ ފަރާތްތަކުގެ އަދަދު 15 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަޖުރިބާއަށް ބަލައި ޝޯޓްލިސްޓު ކުރެވޭނެއެވެ.

25 ސެޕްޓެންބަރު 2014
ހޯދާ