މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
މި ކުންފުނިން ދޭ މައުލޫމާތާއި އެއްގޮތަށް މި ކުންފުނީގެ ހެޑް އޮފީހުގެ ޕެސްޓް ކޮންޓްރޯލް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

މި ކުންފުނިން ދޭ މައުލޫމާތާއި އެއްގޮތަށް  މި ކުންފުނީގެ ހެޑް އޮފީހުގެ ޕެސްޓް ކޮންޓްރޯލް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެ ކުރެވުނު ނަމްބަރު  IUL)113-PD/1/2022/62)  އިއުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ އެނަމްބަރު އިއުލާން ބާތިލްކޮށް އަލުން އިއުލާންކުރަމެވެ.

ވީމާ، މި ޚިދުމަތް ފޯރުކޮށްދެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ވާގޮތަށް މަޢުލޫމާތު ސާފުކުރުމަށް ފަހު، މޯލްޑިވްސް ޕޯޓްސް ލިމިޓެޑަށް ވަޑައިގެން ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

1.

ޕްރީބިޑް މީޓިންގ/ރަޖިސްޓްރޭޝަން

 ޕްރީބިޑް މީޓިންގ 06 ޖުލައި 2022 ވާ ބުދަ ދުވަހުގެ 13:00 އަށް އެމް.ޕީއެލް   ހެޑްއޮފީހުގައި. ( ޕްރީބިޑްގައި ބައިވެރިވެ ރަޖިސްޓަރީ ނުވާ ފަރާތްތަކުގެ އަންދާސީ   ހިސާބު ބަލައި ނުގަނެވޭނެއެވެ.)

2.

އަގު ހުށަހެޅުމުގެ ސުންގަޑި އާއި ހުށަހަޅާނެ ގޮތް

 19 ޖުލައި 2022 ވާ އަންގާރަ ދުވަހުގެ 13:00 އަށް އެމްޕީއެލް ހެޑްއޮފީހަށް

 ވަޑައިގެން އަގު ހުށައެޅުއްވުން އެދެމެވެ.

 (ސުންގަޑީގެ ފަހުން ހުށަހެޅޭ ޕްރޮޕޯސަލްތައް ބަލައި ނުގަނެވޭނެއެވެ.)

 

3.

އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަހަޅަން ޖެހޭ ލިޔުންތައް

 އަގު ހުށަހަޅާ ފޯމް، ޕްރޮޕޯސަލް

 

 

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ: 3039255 އެވެ.

03 ޖުލައި 2022
ހޯދާ