ނިލަންދެއަތޮޅު އުތުރުބުރީ މަގޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދޯންޏެއް ކުއްޔަށް ހިފުމަށް

މި ކައުންސިލުގެ އިދާރާއިން ކުރި ނަންބަރު: B2/2014/27-ފ372 (15 ސެޕްޓެންބަރު 2014) އާ ގުޅިގެން ހުށަހަޅުއްވާފައިވާ އަންދާސީހިސާބުތަކުގެ މަޢުލޫމާތު ފުރިހަމަނުވާތީ، އެއިޢުލާން ބާޠިލުކޮށް، އަލުން އެފުރުޞަތު ހުޅުވާލަމަވެ.

ވީމާ، އެއްއަހަރު ދުވަހުގެ މުއްދަތަށް ބިކޯކާ އައުޓްޕޯސްޓުން ކުރަންޖެހޭ ދަތުރުތައް ކުރުމަށް ތިރީގައިމިވާ ޝަރުޠުތައް ފުރިހަމަވާ ދޯންޏެއް ކުއްޔަށް ދިނުމަށް ބޭނުންވާ ފަރާތްތަކުން 02 އޮކްޓޫބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 14:30 އަށް މިކައުންސިލްގެ އިދާރާއަށް ދުރުވެ ކުއްޔަށް ދޭން ބޭނުންވާ އަގު ސިޓީއަކުން ހުށަހެޅުއްވުން އެދެމެވެ. ސިޓީގައި، ދޯނީގެ ވެރިފަރާތުގެ ސޮޔާއި ތިރީގައިމިވާ ތަކެތި ހުންނަންވާނެއެވެ.

  1. ދޯނީގައި އެއްފަހަރާ 30 ފަސިންޖަރުން އުފުލެންވާނެއެވެ.
  2. ދޯނި ހުންނަންވާނީ ހިޔާކޮށް ސަންޑެގް ބޭނުންކުރެވޭ ގޮތަށެވެ.
  3. ދޯނީގައި ފާޚާނާ ކުރެވެން ހުންނަންވާނެއެވެ.
  4. ދޯނީގައި އެއްފަހަރާ މަދުވެގެން 30 ފުޅި އޮކްސިޖަން ސިލިންޑަރ އުފުލޭގޮތަށް ހުންނަންވާނެއެވެ.
  5. ދޯނީގައި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަނުން ޤަބޫލުކުރާ ފެންވަރަށް ސަލާމަތީ ކަންތައްތައް ފުރިހަމަވެފައި ހުންނަންވާނެއެވެ.
  6. ދޯނީގައި މަދުވެގެން 1 ކެޕްޓަނާއި 1 ފަޅުވެރިޔަކު ހުންނަންވާނެއެވެ.

ސިޓީއާ އެކުގައި ހުށަހަޅަންޖެހޭ ތަކެތި:

        • ކުއްޔަށް ދޭ ދޯނީގެ ރަޖިސްޓަރީގެ ކޮޕީއާއި ސަލާމަތީ ސެޓުފިކެޓުގެ ކޮޕީ
        • ވެރިފަރާތުގެ އައިޑީކާޑުގެ ކޮޕީ
        • އަގު ހުށަހަޅާއިރު، ޑީސަލް ދިނުމުން ކުއްޔަށް ދޭ އަގާއި، އަދި ދޯނީގެ ވެރިފަރާތުގެ ޑީސަލްގައި ކުއްޔަށް ދޭ އަގު ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންވާ ފަރާތްތަކުން މިއިދާރާގެ ނަންބަރު 6740014 ފޯނަށް ގުޅުއްވައިގެން އެމަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

 04 ޛުލްޙިއްޖާ 1435

28 ސެޕްޓެންބަރު 2014
ހޯދާ