ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ. ފިޔޯރީ ކައުންސިލްގެ އިދާރާ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރ (IUL)422/422/2022/51 ޢިއުލާނަށް އެކަށީގެންވާ ތަރުހީބެއް ނުލިބޭތީ އާއި މަޢުލޫމާތު ޝީޓަށް ބަދަލު ގެންނަން ޖެހޭތީ އެ އިޢުލާން ބާޠިލް ކޮށް އަލުން އިޢުލާން ކުރަމެވެ.

ގދ. ފިޔޯރީ ކައުންސިލްގެ އިދާރާ ސެކިއުރިޓީ ކޮންޓްރެކްޓް އުސޫލުން 01 (އެއް) އަހަރު ދުވަހުގެ މުއްދަތަށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.

ވީމާ، ކައުންސިލްގެ އިދާރާ ސެކިއުރިޓީ ބެލެހެއްޓުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 19 ޖުލައި 2022 ދުވަހުގެ 14:00 ގެ ނިޔަލަށް، އެއްކަރުދާސް ކުރެވިފައިވާ ފޯރމް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުމަށް [email protected] އަށް މެއިލް ކޮއްދެއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އޮފީސް ގަޑީގައި މިއިދާރާއަށް ވަޑައިގެންވެސް ރަޖިސްޓްރީ ކޮށްލެވޭނެއެވެ.

ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ  20 ޖުލައި 2022 ވާ  ބުދަ  ދުވަހުގެ 13:00 ގައި މިއިދާރާގެ މީޓިން ހޯލުގައި މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަން ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ.

މިއިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 18 ޖުލައި 2022 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން [email protected]  އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ. އޮފީސްގަޑީގައި މިއިދާރާއަށް ވަޑައިގެންވެސް މަޢުލޫމާތު ސާފުކުރެއްވި ދާނެއެވެ.

ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި  އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމަވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

03 ޖުލައި 2022
ހޯދާ