ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އެގްޒެކެޓިވް (J-365853)

މަޤާމް :ކައުންސިލް އެގްޒެކެޓިވް (J-365853)
ބޭނުންވާ އަދަދު :1

މަޤާމް:

ކައުންސިލް އެގްޒެކެޓިވް

މަޤާމުގެ ނަންބަރު:

J-365853

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އީ. އެކްސް. 1

މަޤާމުގެ ކްލެސިފިކޭޝަން:

ޑިރެކްޓަރ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާ

މުސާރަ:

8835.00 ރުފިޔާ

ސަރވިސް އެލެވަންސް:

2000.00 ރުފިޔާ

އެހެނިހެން އެލަވަންސް

1-      ސަޕޯރޓިންގ ކޯރ އެލަވަންސް 1100.00ރ (އެގާރަ ސަތޭކަ ރުފިޔާ)

2-      ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

3-      ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި ރަމަޟާންމަހުގެ ޢިނާޔަތު ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. އަތޮޅުކައުންސިލް އިދާރާގެ ކޯޕަރޭޓް އެފެއާރޒް ސެކްޝަނުގެ ހުރިހާ މަސައްކަތެއް ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަޝްވަރާގެ މަތިން ހިންގުން
  2. އަތޮޅުކައުންސިލަށް ބޭނުންވާ އިދާރީ މައުލޫމާތުތައް ރަށުކައުންސިލްތަކާއި، ދައުލަތުގެ އެކިއިދާރާތަކުން ހޯދައި ކައުންސިލަށް ފޯރުކޮށްދިނުން.
  3. އިދާރީގޮތުން އަތޮޅުކައުންސިލް ހިންގުމަށް އަންނަ ބަދަލުތައް ރަށުކައުންސިލްތަކަށާއި، އަތޮޅުކައުންސިލް އިދާރާގެ ޔުނިޓްތަކަށް އެންގުން.
  4. އަތޮޅު ކައުންސިލްއިން ދެމުންގެންދާ ޓްރާންސްޕޯރޓް ޚިދުމަތްތައް ދިނުމަށް ބޭނުންވާ އެހީތެރިކަން އިދާރީ ޔުނިޓަށް ފޯރުކޮށްދިނުމާއި، ޚިދުމަތްތައް ދިނުމުގެކަންކަން ރާވާ ހިންގުން.
  5. ދައުލަތުގެ އެކިއެކި މުއައްސަސާތަކުން އަތޮޅު ކައުންސިލް މެދުވެރިކޮށް ރައްޔިތުންނަށް ފޯރުކޮށްދޭން ބޭނުންވާ ކަންތައްތައް ހިންގޭނެ އިންތިޒާމުތައް ހަމަޖައްސައި ދިނުން.
  6. ކައުންސިލްގެ އަހަރީ ބަޖެޓު ތައްޔާރު ކުރުމާއި، މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކާއި، ކައުންސިލްގެ ބަޖެޓުން ކުރާ ޚަރަދުތަކާ ގުޅިގެން ކުރަންޖެހޭ ކަންކަން ހިންގައި އިންތިޒާމުކޮށް ބެލެހެއްޓުން
  7. ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ ފައިނޭންސް ޔުނިޓްގެ ކަންތައްތައް ހިނގާނުހިނގާގޮތް ބެލުމާއި، ޔުނިޓްގެ މަސައްކަތްތައް ރާވާ ހިންގުމުގައި އެހީތެރިވުން.
  8. ކައުންސިލްގެ ބަޖެޓާބެހޭ ކަންކަމާއި ފައިސާގެ މުޢާމަލާތްތައް ދައުލަތުގެ މާލިއްޔަތު ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ހިންގުން، އަދި ކައުންސިލްގެ އިދާރާގެ އެހެން މުވައްޒަފުންވެސް އެގޮތަށް ޢަމަލުކުރޭތޯ ކަށަވަރުކުރުން.
  9. ކައުންސިލްއިދާރާއަށް ބޭނުންވާ ހަރުމުދަލާއި، އެހެނިހެން ތަކެތި ހޯދުމުގައި އެހީތެރިވެދީ އެކަންކަން މޮނިޓަރކުރުން.
  10. ފާދިއްޕޮޅު އަތޮޅު ކައުންސިލް އިދާރާގެ ހިންގުން ހަރުދަނާކުރުމަށް ބޭނުންވާ ތަމްރީނުތައް ދެނެގަތުމާއެކު، މުވައްޒަފުންނަށް ތަމްރީނު ކުރިއަށް ގެންދާނެ ގޮތުގެ ޕްލޭން އެކުލަވާލައި، ކަމާ ގުޅޭ ފަރާތްތަކާ ގުޅިގެން މުވައްޒަފުންނަށް ބޭނުންވާ އެންމެހާ ޕްރޮގްރާމްތައް ރާވައި ހިންގުމާއި، ތަމްރީނު ދިނުން.
  11. ކައުންސިލްއިދާރާގެ އިދާރީ އޮނިގަނޑުގައިވާ މަގާމުތަކަށް މުވައްޒަފުން ހަމަޖެއްސުމާއި، ވަޒީފާދިނުމާއި، ވަޒީފާއިން ވަކިކުރުމާއި، އިސްލާޙީ ފިޔަވަޅުއެޅުމުގެ މަސައްކަތް ކައުންސިލްގެ ސެކްރެޓަރީޖެނެރަލްގެ މަޝްވަރާގެމަތިން އިދާރީ ޔުނިޓް މެދުވެރިކޮށް ހިންގާ ބެލެހެއްޓުން.
  12. އަތޮޅުކައުންސިލް އިދާރާގެ މުވައްޒަފުންގެ މަސައްކަތު ފެންވަރު ބެލުމުގެ މަސައްކަތް އިދާރީ ޔުނިޓް މެދުވެރިކޮށް ހިންގާ ބެލެހެއްޓުން.ަ
  13. ކޯޕަރޭޓް އެފެއާރޒް ސެކްޝަނުގައި ހިމެނޭ ޔުނިޓް ތަކުގެ މަސައްކަތްތައް ހިނގާނުހިނގާގޮތް ބެލުމާއި، ޔުނިޓްތަކުގެ މަސައްކަތް ހަލުވިކޮށް ދެވޭޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  14. ކައުންސިލްގެ އެންމެހާ ޢިމާރާތްތަކާއި، އުޅަނދު ފަހަރާއި، ވެހިކަލްތައް ފަދަ ވަސީލަތް މަރާމާތުކޮށް ބެލެހެއްޓުމުގައި ކަމާބެހޭ ޔުނިޓަށް އިރުޝާދުދީ އެކަންކަން ކުރުވުން.
  15. ކޯޕަރޭޓް އެފެއާރޒް ސެކްޝަނުގައި ހިމެނޭ ޔުނިޓްތަކުގެ އިސްވެރިންގެ މަސައްކަތްތައް ސްޕަރވައިޒްކޮށް މޮނިޓަރކުރުމާއި އެޕްރައިޒްކުރުން
  16. ކައުންސިލް އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒު ކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން
  17. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމަ އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ލަފަޔާއި އިރުޝާދުގެ މަތިން ރާވައި ހިންގައި ބެލެހެއްޓުމާއެކު އެ ނިންމުންތައް ތަންފީޒު ކުރުމަށްޓަކައި ޢަމަލީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުން
  18. ޔުނިޓްމުވައްޒަފުންގެ އެޕްރައިޒަލް ފޯމްތަކަށް މާރކްސްދީ ކުރިޔަށް އޮތް އަހަރަށް ޓާގެޓް ކަނޑައަޅާ ރިވިއުކޮށް ނިންމާ ރިޕޯޓް ތައްޔާރުކޮށް ފުރިހަމަކުރުން.
  19. ފާދިއްޕޮޅު އަތޮޅު ކައުންސިލް އިދާރާގެ، އެހެން ސެކްޝަނެއް/ ޔުނިޓެއްގެ މަސައްކަތްތަ ޚާއްޞަ ޙާލަތެއްގައި ވަގުތީ ގޮތުން ޙަވާލުކުރެވިއްޖެނަމަ، އެމަސައްކަތެއް ކުރުން

މަޤާމުގެ ޝަރުޠުތައް:

1-      މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން. ނުވަތަ،

2-      މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.

 

  • ގުޅޭވަޒީފާގެ ދާއިރާތައް

އެޑްމިނިސްޓްރޭޝަން

މެނޭޖްމަންޓް

 

  • ތަޢުލީމީ ރޮނގުތައް ( ޕްރިފަރޑް )

އެކައުންޓިންގ، އެޑްމިނިސްޓްރޭޝަން، އެގްރިކަލްޗަރަލް ސައިންސް، އެންތްރޯޕޮލޮޖީ، އާކިޓެކްޗަރ، ބިޒްނަސް، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، ސިވިލް އިންޖިނިއަރިންގ، ކޮމާސް، ކޮމިޔުނިޓީ ޑިވެލޮޕްމަންޓް، ކޮމްޕިއުޓަރ ސައިންސް، ކައުންސިލް އެޑްމިނިސްޓްރޭޝަން، ކަލްޗަރ އެންޑް ހެރިޓޭޖް، ޑިމޮގްރަފީ، ޑިވެލޮޕްމަންޓް ސްޓަޑީޒް، އިކޮނޮމިކްސް، އެންވަޔަރަންމެންޓަލް ސައިންސް، ފައިނޭންސް، ގަވަރނަންސް، ގަވަރނަންސް އެންޑް ޑިވެލޮޕްމަންޓް، ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް، ހިއުމަން ރިސޯސް، އިންފޮމޭޝަން ޓެކްނޮލޮޖީ، އިންޓަނޭޝަނަލް ރިލޭޝަންސް، ލޯ ، ލީޑަރޝިޕް ، ލައިބްރަރީ ސައިންސް، ލޯކަލް ގަވަރނަންސް، މެނޭޖްމަންޓް، މެރިން ސައިންސް، މާކެޓިންގ، އޮފީސް އެޑްމިނިސްޓްރޭޝަން، ޕޮލިސީ ސްޓަޑިޒް، ޕޮލިޓިކަލް ސައިންސް، ޕްރޮޖެކްޓު މެނޭޖުމަންޓު، ޕަބްލިކް އެޑްމިނިސްޓްރޭޝަން، ޕަބްލިކް މޭނޭޖްމަންޓް، ޕަބްލިކް ޕޮލިސީ، ޕަބްލިކް ރިލޭޝަންސް، ޝަރީޢާ އެންޑް ލޯ ، ސޯޝަލް ސައިންސް ، ސޯޝަލް ވޯރކް، ސޯޝިއޮލޮޖީ، ސްޕޯޓްސް މެނޭޖްމަންޓް، ސްޓެޓިސްޓިކްސް، ސްޓްރަކްޗަރަލް އިންޖިނިއަރިންގ، ސަސްޓެއިނަބްލް ޑިވެލޮޕްމަންޓް، އަރބަން ޕްލޭނިންގ، އާބަން ސްޓަޑީޒް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 

 

 

 

 

 

 

 

             

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://csc.gov.mv/download/2022/51/Annex%202%20-%20Application%20formwhm1xfud.z1d.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • އަސާސީ ޝަރުޠު ހަމަވުން
  • އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު
  • ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލެންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް   
  • އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

30

5

5

5

  • އެސެސްމަންޓް ( އިމްތިހާނު ނުވަތަ ޕްރެކްޓިކަލް )

15

  • ޕްރެޒެންޓޭޝަން
  • އިންޓަރވިއު

10

30

 

ނޯޓް: މަޤާމަށް އައްޔަންކުރެވޭނީ، ވަޒީފާއަށް އެދިފައިވާ ފަރާތަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމްލަ 60 (ފަސްދޮޅަސް) އަށްވުރެ މަތިވާން ޕޮއިންޓް ލިބިފައިވާނަމައެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 07 ޖުލައި 2022 ދުވަހުގެ 14:00 ގެ ކުރިން، ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓް ލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އެސެސްމަންޓް އާއި ޕްރެޒެންޓޭޝަން އަދި އިންޓަވިއު އޮންނާނީ 13 ޖުލައި 2022 އާއި، 15 އޯގަސްޓް 2022 އާ ދެމެދު، ފާދިއްޕޮޅު އަތޮޅު ކައުންސިލް އިދާރާ ގައެވެ.

ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު) ޢާންމު ކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގެވެބްސައިޓް ނުވަތަ މިއިދާރާގެ ފޭސްބުކް ޕޭޖް ގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2ފޯމު އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6620116 ނުވަތަ 6620120 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

 

03 ޖުލައި 2022
ހޯދާ