ދިވެހިރާއްޖެ
ނަންބަރު:GS-108/IUL/2022/10
ބީލަން ހުށަހެޅުމުގެ ދަޢުވަތު
އެކްޓްވިޓީ ޔުނީފޯމާގުޅޭ
މިސްކޫލުގެ ނަންބަރު: GS-108/IUL/2022/08 (15 ޖޫން 2022) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅުއްވާފައިނުވާތީވެ، ބީލަން ހުށަހެޅުމުގެ ދަޢުވަތު 02 ފަހަރަށް ހުޅުވާލަމެވެ.
މިސްކޫލުން ދޭ ނަމޫނާ އާއި އެއްގޮތަށް ދަރިވަރުންނަށް އެކްޓިވިޓީ ޔުނީފޯމް ސަޕްލައިކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ.
ވީމާ، އެކްޓިވިޓީ ޔުނީފޯމް ސަޕްލައިކޮށްދިނުމަށް ޝައުޤްވެރިވެލައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. ޔުނީފޯމާއި ގުޅުންހުރި މަޢުމާތު ބީލަންފޮތުގައިވާނެވެ.
ނަން ނޯޓްކުރުމަށް ހަމަޖެހިފައިވާ މުއްދަތު |
ނަން ނޯޓްކުރުމަށް ހަމަޖެހިފައިވާ ގަޑިތައް |
04 ޖުލައި 2022 ން 06 ޖުލައި 2022 އަށް |
ރަސްމީ ދުވަސްތަކުގެ 09:00 ން 12:00 އަށް |
- އެކްޓިވިޓީ ޔުނީފޯމް ސަޕްލައިކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ދެންނެވިފައިވާ މުއްދަތުގައި ސްކޫލަށް ވަޑައިގެން ނުވަތަ ތިރީގައިވާ އީ މެއިލް މެދުވެރިކޮށް ނަންނޯޓް ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މިމުއްތަދުގައި ނަންނޯޓް ކޮށްފައިވާ ފަރާތްތަކަށެވެ.
- އަންދާސީ ހިސާބު ހުށަހެޅުމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2022 ޖުލައި 07 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އީ މެއިލަށް ލިޔުމުން ފޮނުއްވުން އެދެމެވެ.
- އަންދާސީ ހިސާބު ހެށަހެޅުން އޮންނާނީ 2022 ޖުލައި 21 ވާ ބުރާސްފަތި ދުވަހުގެ 10:30 ގައި މިސްކޫލް އޭ.ވީ. ރޫމުގައެވެ.
އީމެއިލް: [email protected]
ފޯން: 6540543
މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.