ނިލަންދެއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދ. އަތޮޅު ކައުންސިލްގެ ވެބްސައިޓް ފަރުމާކުރާނެ ފަރާތެއް ހޯދުމަށް

އިއުލާން

ދ. އަތޮޅުކައުންސިލްގެ ވެބްސައިޓް ފަރުމާކުރުން :

 

ސުރުޚީގައި ދަންނަވާފައިވާ މިކައުންސިލްގެ ވެބްސައިޓް ފަރުމާކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ، މި އިދާރާއިން ދޭ މައުލޫމާތާއި އެއްގޮތަށް ، ވެބްސައިޓް ފަރުމާކުރުމަށްފަހު މަސައްކަތް ކޮށްދެވޭނެ އަގާއި މުއްދަތު އެނގޭގޮތަށް ، ޑިޒައިން އާއި އެކު ޕްރޮޕޯސަލް ހުށައެޅުމަށް ފުރުޞަތު ހުޅުވާލަމެވެ. މި މަސައްކަތަށް ބޭނުންވާ މައުލޫމާތު ، މި އިއުލާނާއި އެއްކަރުދާސް ކުރެވިފައިވާނެއެވެ.

ވީމާ ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 28 ޖުލައި 2022 ވާ ބުރާސްފަތި ދުވަހުގެ 2:00 ގެކުރިން މިއިދާރާއަށް ޕްރޮޕޯސަލް ހުށައެޅުއްވުން އެދެމެވެ.  އީ - މެއިލް ކުރައްވާނަމަ އީމެއިލް ކުރައްވާނީ [email protected]  އަށެވެ.  ހުށައަޅާފައިވާ ހުށައެޅުންތަކުގެ ތެރެއިން މި ކައުންސިލަށް އެންމެ ކަމުދާ ހުށައެޅުމެއް ހުށައެޅި ފަރާތަކާއި މަސައްކަތް ހަވާލުކޮށްގެން ކުރިއަށް ގެންދެވޭނެއެވެ.

29 ޖޫން 2022
ހޯދާ