ނިލަންދެއަތޮޅު އުތުރުބުރީ ދަރަނބޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައި.ޑީ ކާޑުގެ ޚިދުމަތް ދިނުމަށް ބޭނުންވާ ވަސީލަތް ޤާއިމުކުރުމަށް ތަކެތި ހޯދުން

މި އިދާރާއިން އައި.ޑީ ކާޑު ހެއްދުމުގެ ޚިދުމަތް ދޭން ފެށުމަށް (ކަލެކްޓިންގ ޕޮއިންޓެއް ޤާއިމުކުރުމަށް) ބޭނުންވާ ތިރީގައި މި ދަންނަވާ ތަކެތި ހޯދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

  • 1 ފިންގަރ ޕްރިންޓް ކެޕްޗަރ ޑިވައިސް
  • 1 ސިގްނޭޗަރ ޕޭޑް
  • 1 ޑިޖިޓަލް ކެމެރާ

ވީމާ، މިތަކެތި މިއިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް ހޯއްދަވައިދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 02 އޮކްޓޫބަރު 2014ވާ ބުރާސްފަތި ދުވަހުގެ 14:00އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 12 އޮކްޓޫބަރު 2014ވާ އާދީއްތަ ދުވަހުގެ 14:00އަށް މި އިދާރާއަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި، ސިޓީއުރައިގެ ބޭރުގައި "އައި.ޑީ ކާޑުގެ ޚިދުމަތް ދިނުމަށް ބޭނުންވާ ތަކެތި ހޯދައިދިނުމަށް އެދި" މިހެން ލިޔުމަށްފަހުގައެވެ.

ތިރީގައިވާ ޙާލަތްތަކުގައި އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަން.

  • މަޢުލޫމާތު ސާފުކުރަން ހާޒިރުނުވާ ބޭފުޅުންގެ އަންދާސީހިސާބުތައް.
  • ފެކްސް މެދުވެރިކޮށް ހުށަހަޅާ އަންދާސީހިސާބުތައް.
  • ގަޑި ޖެހުމަށްފަހު ގެންނަ އަންދާސީހިސާބުތައް.
  • މަޢުލޫމާތު ފުރިހަމަމަނުވާ އަންދާސީހިސާބުތައް.
  • މަޢުލޫމާތު ފުރިހަމަކޮށް ސޮއިކޮށްފައިނުވާ އަންދާސީހިސާބުތައް.
  • މި އިދާރާއިން އަންދާސީހިސާބު ހުށަހެޅުމަށް ދޫކުރާ ފޯމުގައި ނޫންގޮތަކަށް ހުށަހަޅާ އަންދާސީހިސާބުތައް.

އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ރަސްމީ ގަޑީގެ މިއިދާރާގެ 6740015 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

29  ޛުލްޤަޢިދާ  1435

23 ސެޕްޓެންބަރު 2014
ހޯދާ