މާލެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ އަށް ކާރެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

މާލެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ އަށް ކާރެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

މިއިދާރާއަށް ކާރެއް ސަޕްލައިކޮށްދޭނޭ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު  (IUL)232-AG/232/2022/18 އިޢުލާނަށް އެއްވެސް ފަރާތަކުން ބިޑް ހުށައަޅާފައިނުވާތީ އެއިޢުލާން ބާޠިލްކޮށް، މިމަސައްކަތްކޮށްދޭނޭ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

 

ބީލަމުގައި ރަޖިސްޓްރީކުރުމާއި މަޢުލޫމާތު ދިނުން

  • ރަޖިސްޓްރީކުރުމުގެ ސުންގަޑި: 17 ޖުލައި 2022 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން
  • ރަޖިސްޓްރީކުރުމަށްޓަކައި މިއިޢުލާނާއެކުގައިވާ ރަޖިސްޓްރޭޝަން ފޯމް ފުރިހަމަކުރެއްވުމަށްފަހު މިއިދާރާގެ އީމެއިލް އެޑްރެސް [email protected] އަށް މެއިލްކުރެއްވުން އެދެމެވެ. ރަޖިސްޓްރީކުރެވުނު ފަރާތްތަކަށް މެއިލްގެ ޒަރީޢާއިން އެކަން އެންގޭނެއެވެ.
  • މިމުއްދަތުގައި ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް ބީލަމުގައި ބައިވެރި ނުވެވޭނެއެވެ.
  • ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށް މައުލޫމާތު ކަރުދާސް ފޯރުކޮށްދެވޭނެއެވެ.

 

ބީލަން ހެށަހެޅުން

  • ބީލަން ހުށަހެޅުން: 31 ޖުލައި 2022 ވާ އާދިއްތަ ދުވަހުގެ 10:30
  • ސުންގަޑީގެފަހުން ހުށަހަޅާ އެއްވެސް ބީލަމެއް ބަލައި ނުގަނެވޭނެ ކަމުގައި ދަންނަވަމެވެ.
  • ބީލަންް އެވޯޑް ކުރުމުގައި މާރކްސް ދެވޭނެ މިންގަނޑުތައް މަޢުލޫމާތު ކަރުދާހުގައި ވާނެއެވެ.
  • ބީލަން ހުށަހަޅުއްވާނީ މާލެއަތޮޅު އަތޮޅު ކައުންސިލް އިދާރާ، ކ. ތުލުސްދޫއަށެވެ.

 

 

މިއިދާރާއިން ކުރިއަށް ގެންދެވޭ ބީލަންތަކުގައި ބައިވެރިވެވޭނީ ނަމްބަރ 6/2013 " ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ޤާނޫނު " އާއި ނަމްބަރ 18/2014 " ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު އަދި ނަމްބަރ 19/2014  " އަމިއްލަ ފަރުދުންގެ ވިޔަފާރި " ގާނޫނުގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީ ވެގެން ގަވާއިދުން ހިންގާ ވިޔަފާރި ތަކަށެވެ.

30 ޖޫން 2022
ހޯދާ