ދިވެހިރާއްޖެ
(IUL)MMPRC-PRO/1/2022/53 :ނަންބަރު
އިޢުލާން
2023 ވަނަ އަހަރު މި ކޯޕަރޭޝަންގެ ފަރާތުން ރާއްޖެއާއި ރާއްޖެއިން ބޭރުގައި ބައިވެރިވާ ފެއަރ އަދި އެހެނިހެން ޓޫރިޒަމް ޕްރޮމޯޝަނަލް އިވެންޓްތަކުގައި ދިވެހިރާއްޖެ ޕްރޮމޯޓްކުރުމަށް ބޭނުންކުރާނެ "މޯލްޑިވްސް ޑެސްޓިނޭޝަން ގައިޑް 2023 އަދި ޕްރޮޑަކްޓް ޑައިރެކްޓަރީ 2023" ތައްޔާރުކުރުމަށް، ކޮންޓެންޓް ހެދުމާއި، ކޮންޕައިލް ކުރުމާއި އަދި ލޭއައުޓް ޑިޒައިން ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2022 ޖުލައި 6 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 އަށް، ހ. ޒޮނޭރިޔާގެ، 4 ވަނަ ފަންގިފިލާގައި ހުންނަ މި ކޯޕަރޭޝަންގެ އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2022 ޖުލައި 18 ހޯމަ ދުވަހުގެ ހެނދުނު 11:00 އަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
01 ޛުލްޙިއްޖާ 1443
30 ޖޫން 2022