ދިވެހިރާއްޖެ
އަންދާސީހިސާބު ހުށަހެޅުއްވުމުގެ ދަޢުވަތު
މިކުންފުނީގެ ކ.ހިންމަފުށީ އިންޖީނުގޭގެ ކަމިންސް އިންޖީނު އޯވަރހޯލް ކުރުމަށް ބޭނުންވާ، ތިރީގައި ދެންނެވިފައިވާ ތަކެތި ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މި މަސައްކަތަށް އަގު ހުށަހެޅުމުގެ ފުރުޞަތު، ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ.
Item |
:Description |
Qty |
|
1 |
RADIATOR ( MODEL : CE36366CCU-S, S/NO:04-096749, MAX.OP.PRESS |
1.00 |
NOS |
2 |
CAMSHAFT P/N:3049024 |
1.00 |
NOS |
3 |
DIPSTICK P/N:216484 |
1.00 |
NOS |
4 |
TURBOCHARGER P/N:3803108 |
1.00 |
NOS |
5 |
ASSEMBLY, CAM FOLLOWER HSG P/N:3081251 |
3.00 |
NOS |
6 |
TUBE, CORROSION RESSISTOR P/N:3067232 |
3.00 |
NOS |
7 |
VALVE SHUTOFF P/N:3008760 |
4.00 |
NOS |
8 |
TUBE CORROSION RESISTOR P/N:3008794 |
3.00 |
NOS |
9 |
ASSY.WATER PUMP IDLER P/N:3064919 |
2.00 |
NOS |
ނޯޓް: - އިންޖީނުގެ މޮޑެލް ނަންބަރު: NT855 G-5، ސީރިއަލް ނަންބަރު: 30359950، ސީ.ޕީ.އެލް ނަންބަރު: 1381
- މަތީގައި ދެންނެވިފައިވާ ހުރިހާ އައިޓަމަކަށް އަގު ހުށަހަޅަންވާނެއެވެ.
ހުށަހަޅަންވީ ތަކެތި:
- މިތަކެތި ސަޕްލައިކޮށްދެވޭނެ އަގު:
- ސަޕްލައިކޮށްދެވޭނެ މުއްދަތު:
- ޓެކްނިކަލް ސްޕެސިފިކޭޝަން:
- ހުށަހަޅާފައިވާ އަންދާސީހިސާބު ބާޠިލުވާ މުއްދަތު މަދުވެގެން 45 ދުވަހަށް ވާންވާނެއެވެ.
- ކުންފުނީގެ މަޢުލޫމާތު (ކުންފުނީގެ ޕްރޮފައިލް، ކުންފުނީގެ ރަޖިސްޓްރޭޝަނުގެ ކޮޕީ، ޖީ.އެސް.ޓީ ރަޖިސްޓްރޭޝަނުގެ ކޮޕީ، މިމަސައްކަތުގައި ކުންފުނީގެ ފަރާތުން މުޢާމަލާތު ކުރާނޭ ފަރާތުގެ ނަން، މަޤާމު އަދި ފޯން ނަންބަރު) :
- މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުން:
- ސަޕްލަައިކުރާ ސްޕެއަރތަކަކީ އޮރިޖިނަލް ކަމިންސް ނުވަތަ ކަމިންސް އޯ.އީ.އެމް(OEM) އަކުން އުފައްދާފައިވާ ސްޕެއަރތަކަކަށް ވާންވާނެއެވެ. އަދި މިކަން އަންގައިދޭ ފެކްޓްރީގެ ސެޓުފިކެޓު ނުވަތަ އެފަދަ ލިޔުމެއް ހުށަހަޅުއްވަންވާނެއެވެ.
މިޕްރޮޖެކްޓަށް ހުށަހެޅޭ، ޓެކްނިކަލް ގޮތުން ޤަބޫލުކުރެވޭ ޕްރޮޕޯޒަލްތައް އިވެލުއޭޓް ކުރެވޭގޮތުގެ ތަފުސީލު:
އަގަށް: 80 ޕޮއިންޓް
ހުށަހެޅޭ އެންމެ ހެޔޮ އަގު / ހުށަހެޅި އަގު 80x
މުއްދަތު: 05 ޕޮއިންޓް
ހުށަހެޅޭ އެންމެ ކުރު މުއްދަތު / ހުށަހެޅި މުއްދަތު 05x
ތަޖުރިބާ: 15 ޕޮއިންޓް
މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުންތަކަށް ބަލާފައެވެ.
- މިމަސައްކަތަށް ފައިސާ ދޫކުރުން: ބިލް ހުށަހަޅާތާ 30 ދުވަހުގެ ތެރޭގައި.
އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.
ހެޑް އޮފް ޕްރޮކިއުމަންޓް
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
އިޢުލާން ނަންބަރު:H-2014/192
ބިޑް ހުޅުވުން:
ބިޑް ހުޅުވުމަށް ހަމަޖެހިފައިވަނީ 2014 އޮކްޓޫބަރު 12 ވާ (އާދީއްތަ) ދުވަހުގެ 10:00 ގައި ސްޓެލްކޯ ހެޑްއޮފީހުގެ ދެވަނަ ފަންގިފިލާގެ ބައްދަލުކުރާ ކޮޓަރީގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.
ވީމާ، މިމަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 2014 އޮކްޓޫބަރު 12 ވާ (އާދީއްތަ) ދުވަހުގެ 10:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
05 ޛުލްޙިއްޖާ 1435
ނޯޓް:
- ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 8.01 ގެ (ކ) ގައި ބަޔާންކޮށްފައިވާ ޙާލަތެއް ދިމާވާނަމަ، އެމާއްދާގައި ބުނާފަދަ ލިޔުމެއް ބީލަމާއެކު ހުށަހަޅުއްވަންވާނެއެވެ.
- މަޢުލޫމާތު ފުރިހަމަނޫން ބިޑްތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ. އަދި ބިޑް ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚުތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ.
- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3338124 / 3338122 ނަންބަރު ފޯނާއެވެ.
- އީމެއިލް ކުރައްވާނީ [email protected].