ތިލަދުންމަތީ ދެކުނުބުރީ ކުރިނބީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްޖިދުލް އީސާކަލޭފާނު މިސްކިތުގެ ވޯކްވޭ ހެދުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުން

ހދ. ކުރިނބީ މަސްޖިދުލް އީސާކަލޭފާނު މިސްކިތުގެ ވޯކްވޭ ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް  ބޭނުން ވެއްޖެއެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރެއްވުން

އަންދާސީހިސާބު ހުށަހެޅުއްވުން

ތަން: ހދ.ކުރިނބީ ކައުންސިލްގެ އިދާރާގައި

ތަން: ހދ.ކުރިނބީ ކައުންސިލްގެ އިދާރާގައި

06 ޖުލައި 2022 ވާ ބުދަ ދުވަހުގެ 13:00

17 ޖުލައި 2022 ވާ އާދީއްތަ ދުވަހުގެ 13:00

މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުގެ މުއްދަތު ހަމަނުވާ ފޮޓޯޖެހި ރަސްމީލިޔުމެއް ހުށަހަޅަންވާނެއެވެ. އަންދާސީހިސާބު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި "ހދ. ކުރިނބީ މަސްޖިދުލް އީސާކަލޭފާނު މިސްކިތުގެ ވޯކްވޭ ހެދުމުގެ މަސައްކަތް ކުރުމަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ. މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވެނުލައްވާ ފަރާތްތަކަށާއި ގަޑިޖެހިގެން ހާޒިރުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށްފައިވާ ސިޓީއަކާއިއެކު ފޮނުއްވުމަށް ދަންނަވަމެވެ.

މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި (19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

ހުށަހެޅޭ އަންދާސީހިސާބުތައް އިވެލުއޭޓް ކުރުމުގައި ޕޮއިންޓް ދެވޭނެ އުޞޫލަކީ: ހުށަހަޅާ އެންމެ ކުޑައަގަށް 80 ޕޮއިންޓް، އެންމެ ކުރު މުއްދަތަށް 10 ޕޮއިންޓް، ތަޖުރިބާއަށް 10 ޕޮއިންޓް އެވެ.

ތަޖުރިބާގެ ގޮތުގައި ބަލައިގަނެވޭނީ، ޢިމާރާތްކުރުމާއި ޢިމާރާތް މަރާމާތުކުރުމުގެ ނުވަތަ ކާޕެންޓްރީ މަސައްކަތުގެ އަދި ފިނިޝިންގ ވާރކްސްއެވެ. ތަޖުރިބާ ހުރިކަމަށް ބަލައިގަނެވޭނީ، މަސައްކަތް ކޮށްދެވުނު ފަރާތުގެ ރެފަރެންސް ސިޓީ / ލިޔުމަށް ބަލާފައެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

30 ޖޫން 2022
ހޯދާ