މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރަން ގެންނަ ބިދެސީންގެ "ވަރކް ޕަރމިޓް މެޑިކަލް" ހެއްދުމާ ގުޅޭ

އިޢުލާން

 ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރަން ގެންނަ ބިދެސީންގެ "ވަރކް ޕަރމިޓް މެޑިކަލް" ހެއްދުމާ ގުޅޭ

      ކޮވިޑް-19 ބަލިމަޑުކަމާއި ގުޅިގެން ރާއްޖޭގައި ވަޒީފާއަދާކުރުމަށް ގެނެވޭ ބިދޭސީން، ރާއްޖެއައުމަށް ފަހު ވަރކް ޕަރމިޓް ހެއްދުމަށްޓަކައި ހަދަންޖެހޭ "ވަރކް ޕަރމިޓް މެޑިކަލް" ހެއްދުމުގައި ވަޒީފާ ދޭ ފަރާތްތަކަށްދިމާވި ދަތިތަކުގެ ސަބަބުން ވަރކް ޕަރމިޓް ހެއްދުމަށް ބޭނުންވާ މެޑިކަލް އާ ނުލައި ވަރކް ޕަރމިޓް ދޫކުރަމުން ގެންގޮސްފައިވާނެއެވެ. ނަމަވެސް، 2022 ޖުލައި 15 ވަނަ ދުވަހުން ފެށިގެން ވަރކް ޕަރމިޓް އެންޓްރީ ޕާސްގެ ދަށުން ރާއްޖެ އެތެރެވެފައިވާ ފަރާތްތަކަށް ވަރކް ޕަރމިޓް ދޫކުރެވޭނީ އަދި ވަރކްޕަރމީޓް ދޫކުރެވިފައިވާ ފަރާތްތަކަށް އެ ޕަރމިޓްގެ މުއްދަތު އިތުރުކުރުމަށް ފީ ދެއްކޭނީ، މި މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްފައިވާ ވަރކް ޕަރމިޓް މެޑިކަލް ހިދުމަތް ފޯރުކޮށްދޭ ފަރާތަކުން ހަދާފައިވާ "ވަރކް ޕަރމިޓް މެޑިކަލް" ރިޕޯޓް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ހުށަހެޅުމުންކަމުގައި ދެންނެވީމެވެ.

      އަދި، ވޭތުވެދިޔަ މުއްދަތުގެ ތެރޭގައި ވަރކް ޕަރމިޓަށް ބޭނުންވާ މެޑިކަލް އާ ނުލައި ވަރކް ޕަރމިޓް ދޫކޮށްފައިވާ ފަރާތްތަކުގެ މެޑިކަލް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް 2022 ސެޕްޓެމްބަރ 1 ނިޔަލަށް ހުށަހަޅަން ޖެހޭނެ ކަމުގައިވެސް ދެންނެވީމެވެ.

      ވީމާ، މިކަން އާއްމުކޮށް އަންގައި އިއުލާން ކުރަމެވެ.  

30 ޖޫން 2022
ހޯދާ