ފެކަލްޓީ އޮފް ހެލްތު ސައެންސަސް
ދިވެހިރާއްޖެ
ކޮމްޕިޓެންސީ އިމްތިޙާނާއި ބޭހޭ

އިޢުލާން

2022 ވަނަ އަހަރު މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލްގައި ރަޖިސްޓްރީ ކުރުމުގެ ކުރިން ފެންވަރު ބެލުމުގެގޮތުން ދެވޭ އިމްތިހާނާ ބެހޭ.               

             ފެކަލްޓީ އޮފް ހެލްތް ސައިންސަސްގައި ބާއްވަމުން އަންނަ ރާއްޖޭގައި މަސައްކަތްކުރައްވާ ފާމަސިސްޓުންނާއި، މެޑިކަލް ލެބޯރެޓަރީ ޓެކްނޮލޮޖިސްޓުންނާއި، ކޮމިއުނިޓީ ހެލްތް / ޕްރައިމަރީ ހެލްތް ކެއަރގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ޚާއްސަކޮށްގެން ފެންވަރު ބެލުމުގެގޮތުން ދެވޭ ކޮމްޕިޓެންސީ އިމްތިޙާނު ބޭއްވޭ ދުވަސްތަކަށް ވަނީ ބަދަލު ގެނެވިފައެވެ.                     

#

މަސް

ދުވަސްތައް

އަހަރު

1

ފެބްރުއަރީ

07 / 21

2022

2

މާރޗް

07 / 21

3

އޭޕްރީލް

04 / 18

4

މެއި

09 / 23

5

ޖޫން

06 / 20

6

ޖުލައި

-

7

އޮގަސްޓް

01 / 15 / 29

8

ސެޕްޓެމްބަރ

12 / 26

9

އޮކްޓޯބަރ

10 / 24

10

ނޮވެމްބަރ

07 / 21

11

ޑިސެމްބަރ

05

       އިމްތިޙާންގައި ބައިވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ތިރީގައިވާ މިދަންނަވާ ކަންތައްތަކަށް ސަމާލުކަން ދެއްވަންޖެހޭނެއެވެ.

-          އިމްތިޙާން އޮންނަ ދުވަހުގެ 2 ދުވަސް ކުރިން (ބަންދު ދުވަސް ނުހިމަނާ) ފެކަލްޓީ އޮފް ހެލްތް ސައިންސަސްގައި އިމްތިޙާނުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން.

-          އިމްތިޙާން އޮންނަ ދުވަހު އިމްތިޙާން ފެށުމުގެ 30 މިނިޓް ކުރިން އިމްތިޙާނަށް ޙާޞިރުވުން.

-          އިމްތިޙާނަށް ޙާޟިރުވާއިރު ބިދޭސީއެއްނަމަ ޕާސްޕޯޓް (އޮރިޖިނަލް) އަދި ދިވެއްސެއްނަމަ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު (އޮރިޖިނަލް)، އިމްތިޙާނަށް ފީ ދެއްކިކަމުގެ ރަސީދު (މޯލްޑިވްސް ނޭޝަނަލް ޔުނިވާރސިޓީ ރެވެނިއު ސެކްޝަންއިން ދޭ ރަސީދު) އަދި މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލުން ދެއްވާފައިވާ ޕްރީ ރަޖިސްޓްރޭޝަން އޭޕްރޫވަލް ސްލިޕް އާއި އެބޯޑުން ދެއްވާ އިންޓަވިއުއިން ފާސްވިކަމުގެ ލިޔުން ގެނައުން.

-          މަތީގައި ދެންނެވިފައިވާ ނުކުތާތަށް ފުރިހަމަނުވެ އިމްތިޙާނުގައި ބައިވެރިވާން އަންނަ ފަރާތްތަކަށް އިމްތިޙާނުގައި ބައިވެރިވެވޭނީ ޖެހިގެންއަންނަ އިމްތިޙާން ބޭއްވުމަށް ހަމަޖެހިފައިވާ ތާރީޙަށް ލިޔެކިއުންތަށް ފުރިހަމަ ކުރުމުންނެވެ.

      އިތުރު މަޢުލޫމާތު މިފެކަލްޓީގެ ފޯނު ނަމްބަރު 3346500 އަށް ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

30 ޖޫން 2022
ހޯދާ