މިލަދުންމަޑުލު އުތުރުބުރީ ފީވަކު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ 17 ރުއް ކުއްޔަށް ދޫކުރުމާ ގުޅޭ

                     ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ރުއްތައް ކުއްޔަށްހިފާނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރ: (IUL)275-ED/275/2022/31 ޢިއުލާނާއި ގުޅިގެން މިކަމަށް ޝައުގުވެރިކަން ފާޅުކޮށް އަގު ހުށައަޅާފައިވަނީ އެންމެ ފަރާތަކުންކަމުގައިވާތީ، ކައުންސިލުގެ ބެލުމުގެ ދަށުގައިވާ ރުއްތައް ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކަށް އެކަމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

                     މިރަށު ފާލަންމަގުގެ އުތުރުކޮޅުގައިވާ ކައުންސިލްގެ ދަނޑުބިމުން ފެށިގެން ފާލަންމަގުގެ ހިޔަލާ ހަމައަށް ހުރި ކައުންސިލްގެ ބެލުމުގެ ދަށުގައިވާ 17 ރުއް  ކުއްޔަށް ދިނުމަށް ކައުންސިލުން ބޭނުންވެއެވެ.

                     ވީމާ، މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 04 ޖުލައި 2022 ވާ ހޯމަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 07 ޖުލައި 2022 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް އަންދާސީ ހިސާބު މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަންދާސީ އަގު ހުށައަޅާ ފޯމު މި އިދާރާއިން ލިބެން ހުންނާނެއެވެ.

                     މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢްލާނުކުރަމެވެ.

                     30 ޛުލްޤަޢިދާ 1443ޙ.

                     29 ޖޫން    2022މ.

29 ޖޫން 2022
ހޯދާ