މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
ދިވެހިރާއްޖެ
ފަޅުވެރި

                އިޢުލާން

ތިރީގައި ދެންނެވިފައިވާ މަޤާމަށް މުވައްޒަފުން ހަމަޖެއްސުމަށް އިޢުލާން ކުރަމެވެ.

 

މަޤާމް:

ފަޅުވެރި

ބޭނުންވާ އަދަދު:

01

މަޤާމުގެ ޤިންތި:

ދާއިމީ

ރޭންކް:

CS-SS 2

ކްލެސިފިކޭޝަން:

ސަޕޯޓް ސަރވިސް

މުސާރަ:

މަހަކު -/4,170 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު  -/3,500 ރުފޔާ

ނޮން ޕްރެކްޓިސް އެލަވަންސް:

މަހަކު  1,876.50 ރުފޔާ

މަސައްކަތް ކުރަންޖެހޭ ތަން:    

މާފުށި ޖަލު

ފެންވަރު ނުވަތަ ޝަރުތު:                        

މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު،

  1. އަސާސީ ފެންވަރަށް ލިޔަންކިޔަން އެނގުމާއިއެކު ސެންޓަރ ފޯ މެރިޓައިމް ސްޓަޑީސް އިން ކުރިއަށް ގެންދާ  ނެވިގޭޝަން ނުވަތަ މެރިން އޮޕަރޭޝަން ކޯސް ފުރިހަމަކޮށްފައިވުން.
  2. މަޤާމަށް ބޭނުންވާ ތަމްރީނެއް/ ލައިސަންސެއް/ ހުއްދައެއް/ ސަނަދެއް ހާސިލުކޮށްފައިވުން.
  3. ޖިނާއީ އެއްވެސް ބާވަތެއްގެ ކުށެއް ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށް ނުވުމާއި، މަނާ ކުރެވިފައިވާ މަސްތުވާ އެއްޗަކުން އެކަހެރިވުމަށް ފަރުވާ ހޯދާފައިވާ ފަރާތަކަށް ނުވުން.
  4. މީލާދީ ގޮތުން 18 (އަށާރަ) އަހަރު ފުރި، 45 (ސާޅީސް ފަހެއް) އަހަރު ނުފުރޭ މީހަކު ކަމުގައިވުން.

މަޤާމުގެ މަސްޢޫލިއްޔަތު:

 

  1. އުޅަނދުގެ ދަތުރުތަކުގައި ބައިވެރިވުން
  2. އުޅަނދަށް ބޭނުންވާ މަރާމާތުތައް ކުރުމާއި މަރާމާތުކުރުމުގެ ކުރިން އުޅަނދަށް ލިބިފައިވާ ގެއްލުން ރިޕޯޓްކުރުމާއި އަދި މަރާމާތައް ބޭނުންވާ ހުއްދަ ހޯދައި އަދި މިފަދަ މަސައްކަތްތައް ކެޕްޓަނުގެ ލަފާގެމަތިން ކުރުން.
  3. ދަތުރުމަތީގައްޔާއި ފަޅުގައި އޮންނަ ވަގުތުތަކުގައި އުޅަނދުގެ ސަލާމަތާއި ރައްކާތެރިކަން ޔަގީންކޮށް އުޅަނދު ސާފުކޮށް ބެހެއްޓުން.
  4. ދަތުރުފަތުރު ކުރުމުގައްޔާއި ފަޅުގައި އޮންނަ ވަގުތުތަކުގައި އުޅަނދަށް ލިބޭ ގެއްލުންތައް ބެލުމާއި އަދި އެކަންތައްތައް އުޅަނދުގެ ކެޕްޓަނަށް ރިޕޯޓްކުރުން.
  5. އުޅަނދުގައި ހުންނަން ލާޒިމްކުރާ ސޭފްޓީ އަދި ސެކިއުރިޓީ ވަސީލަތްތައް، ދަތުރުގެ ކުރިން ހަމަޔަށް ހުރިތޯ ޔަގީންކޮށް މައްސަލައެއް އުޅޭނަމަ، ކެޕްޓަނަށް ރިޕޯޓްކުރުން.
  6. ރާއްޖޭގައި ހެދިފައިވާ ކަނޑުމަތީ އުޅަނދުފަހަރު ދުއްވުމާއި ގުޅުންހުރި ޤާނޫނުތަކާއި ޤަވައިދުތަކަށް އިޙްތިރާމްކޮށް ޢަމަލުކުރުން.
  7. އުޅަނދަށް އަރުވާ މުދަލާއި ތަކެތި ރައްކާތެރިކަމާއިއެކު ބެލެހެއްޓުން.
  8. ޖަލުގައި ދިމާވާ ކުއްލި ޙާލަތްތަކާއި ގުޅިގެން ކުރަން ޖެހޭ ދަތުރު ތަކުގައި ބައިވެރިވުން.

މަޤާމާއި ގުޅޭ ދާއިރާ:

-         

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

-         

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭ ކަންތައްތައް:

  • ފުރާ ދުއްވާ އުޅަނދުފަހަރުގެ ސެކިއުރިޓީ އަދި ސޭފްޓީއަށް އަހުލުވެރިވާ މިންވަރު
  • ރަށުންބޭރުގައި މަސައްކަތްކުރެވޭނެ ފަދަ މީހަކަށް
  • މަޤާމުގެ މަސްއޫލިއްޔަތު އަދާކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކަށްވުން
  • މަސައްކަތަށް ގާބިލުކަން އިންޓަވިއުގައި ސާބިތުކޮށްދިނުން

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ފޯމް

(މި ފޯމު މި ސަރވިސްގެ ވެބްސައިޓު www.corrections.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މި ސަރވިސްގެ ހެޑް އޮފީހުގެ (ޤާޒީ ބިލްޑިންގ) ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ.)

  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަ ސާފު ކޮޕީ
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ސީވީ ) 
  • ސިވިލް ސަރވިސްއަށް / ސަރުކަރާށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މީހަކު ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިޔުމުގެ ސާފު ކޮޕީ
  • ކުރިން ވަޒީފާ އަދާކޮށްފައިވާ މީހަކުނަމަ ވަޒީފާ އަދާކުރި ތަންތަނުން ދީފައިވާ ލިޔުމުގެ ސާފު ކޮޕީ
  • ނެގި ފަހުން ތިން މަސްދުވަސް ހަމަނުވާ އިސްކޮޅު ފެންނަ ފޮޓޯއެއް
  • އިންޖީނުލީ އުޅަނދު ދުއްވާނަމަ ލައިސަންސްގެ ސާފު ކޮޕީ
  • ޕޮލިސް ރިޕޯޓް

ސުންގަޑި:

 

މި މަޤާމުތަކަށް  އެދޭ ފަރާތްތަކުން  ވަޒީފާއަށް  އެދޭ ފޯމާއި ވަނަވަރު  އަދި  ލިޔެކިޔުންތަކާ އެކު  07 ޖުލައި 2022 ވާ ބުރާސްފަތި ދުވަހު 16:00ގެ ނިޔަލަށް

  [email protected] ނުވަތަ [email protected]

  އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ. ނުވަތަ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ކައުންޓަރަށް ފޯމް ހުށަހެޅުއްވުން އެދެމެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

  • މިމަގާމުގެ އިންޓަރވިއު އޮންނާނީ 2022 ޖުލައި 17 ން 21 އާއި ދެމެދު މި ސަރވިސްގެ ހެޑް އޮފީސްގައި (ޤާޒީ ބިލްޑިންގ) ގައެވެ.

ޝޯޓް ލިސްޓްކުރުން:

  • މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
  • މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކުރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތައަކީ %50 (ފަންސާސް އިންސައްތަ) އެވެ.

އިތުރު މަޢުލޫމާތު

  • މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3026115 ނަންބަރު ފޯނަށް، ނުވަތަ 9112451 ނަންބަރު ފޯނަށެވެ.
  • ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ ފޯމުތަކާއި ޝަރުޠު ފުރިހަމަ ނުވާ ފަރާތްތަކުން ހުށަހަޅުއްވާ ފޯމުތައް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.
  • ހުށަހަޅުއްވާފައިވާ ލިޔެކިޔުންތައް ސައްޙަ ނޫންކަމަށް ސާބިތުވެއްޖެނަމަ، ފޯމް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.
  • ވަޒީފާއަށްއެދޭ ފޯމާއެކު ހުށަހަޅާ ލިޔުންތަކުގެ އަސްލު އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެ އެވެ.

(ފޯމާއެކު ހުށަހަޅުއްވާ ހުރިހާ ލިޔެކިއުންތައް ހުންނަންވާނީ ފޯމާއެކު ހީރަސްޖަހައި ސަފުހާ ނަންބަރު ޖަހާފައެވެ. އަދި މެއިލް އިން ފޮނުވާނަމަ، މެއިލް ލިބުނުތޯ ޔަޤީންކުރަންވާނެއެވެ.)

 

29 ޖޫން 2022
ހޯދާ